ޚަބަރު
ޗައިނާއާއެކު އެއްބަސްވުމުގައި ރާއްޖެއިން ސޮއިކޮށްފި
ހަތަރު ރަށެއްގައި ހޮސްޕިޓަލު އެޅުމުގެ އެއްބަސްވުމެއްގައި ޗައިނާއާއެކު ރާއްޖެއިން ސޮއިކޮށްފިއެވެ.
މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އިގްތިސާދީ ދާއިރާގެ މަޝްރޫއުތަކެއް ހިންގުމަށް ރާއްޖެއިން ސޮއިކުރީ ޗައިނާ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (ސިޑްކާ)އާ އެކުއެވެ.
އެއްބަސް ވެވިފައިވާ ގޮތުން އަތޮޅުތަކުގައި އަޅާ ހަތަރު ހޮސްޕިޓަލުގެ ފީސިބިލިޓީ ހަދައި އިމާރާތްކުރުމުގެ އެއްބަސްވުމާއި، ޗައިނާގެ އެހީގެ ދަށުން އިމާރާތް ކޮށްފައިވާ ގައުމީ ދާރުލްއާސާރު މަރާމާތުކުރުމުގެ އެއްބަސްވުމާއި، ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖު މަރާމާތުކޮށް، ބެލެހެއްޓުމުގެ އެއްބަސްވުމުގެ އިތުރުން 2023އިން 2025އަށް ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގުމާ ގުޅޭ އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.