ޚަބަރުސިޔާސީ

ހަސަން ލަތީފް ވެސް ވިދާޅުވީ ޔޯގާ ހަލާލު ކަމަށް!

ޔޯގާ އަކީ އިސްލާމް ދީނުގައި ހަރާމްކަމެއް ނޫންކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޙަސަން ލަޠީފް ވިދާޅުވެއްޖެއެވެ.

ހަސަން ލަތީފް މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓުވީޓެއްގައެވެ. ޔޯގާ އާއި އެއިރޯބިކްސް ފަދަ ކަސްރަތުތަކަކީ ޤާނޫނު އަސާސީގައިވެސް އެއްވެސް ޤާނޫނެއްގައިވެސް އަދި އަމުދުން އިސްލާމް ދީނުގައި ވެސް މަނާ ކަންކަމެއް ނޫން ކަން އެބޭފުޅާ ފާހަގަކުރެއްވިއެވެ. ހަސަން ފާހަގަކުރެއްވިގޮތުގައި އިސްލާމް ދީނުގައި ހަރާމް ނޫން ކަންކަން އެއީ ހަރާމް ކަންކަމަށް ހަދަން މަސައްކަތް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ.

މެންބަރު ޙަސަން ލަޠީފް އަކީ އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި މިހާރުގެ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. މި ފަހަކަށް އައިސް އެމްޑީޕީގެ ގިނަ އަދަދެއްގެ މެންބަރުން އަންނަނީ ޔޯގާ އަކީ ހުއްދަ ކަމެއް ކަމަށާ, ދީނީ އިލްމުވެން ދައްކަވާ ވާހަކަ ތަކަކީ ހުސް ހޮޅި ވާހަކަ ކަމަށް ބުނަމުންނެވެ. އެކަމަކު 104 އިލްމުވެރިން ވަނީ ޔޯގާ ހުއްދަ ނޫން ކަމަށް ފަތުވާއެއްވެސް ނެރުއްވާފައެވެ. 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button