ޚަބަރު

ފޭކު ބޮލީވުޑާއެކު ރައީސް ސޯލިހު ފޮޓޯ ނަގަން މުމްބާއީގެ ޓްރެފިކް ހުއްޓުވުމުން އިންޑިއާ ރައްޔިތުން ރަތަށް!

ފޭކު ބޮލީވުޑާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ފޮޓޯ ނަންގަވަން މުމްބާއީގެ ޓްރެފިކް ހުއްޓުވުމުން އިންޑިއާ ރައްޔިތުން ރަތަށް އަރައިފިއެވެ.

އިންޑިއާގެ މިޑް ޑޭ އިން ރިޕޯޓުކުރިގޮތުގައި ފިލްމު ސިޓީގެ ގޯރެގާއޮން އީސްޓަށް ރައީސް ސޯލިހު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފޮޓޯ ނަންގަވަން ވަޑައިގެންފައެވެ. އެމަނިކުފާނު އެ ސަރަހައްދަށް ވަޑައިގަތުމަށް ކުއްލިގޮތަކަށް މަގުތައް ބަންދުކޮށް ބެރިކޭޑު ޖެހުމުގެ ސަބަބުން ޓްރެފިކަށް ބާރު ބޮޑުވެ، 3 ގަޑިއިރުވަންދެން އާންމުން މަޑުކުރަން ޖެހުނެވެ. ހާއްސަކޮށް ސްކޫލަށް ދާ ދަރިވަރުންގެ ބަސްތައް ތާށިވެފައި އެތައް ގަޑިއިރެއްވަންދެން ތިބެން ޖެހުނެވެ.

އެ ސަރަހައްދުގެ ޓެރްފިކްގައި ޖެހުނު ބައެއް ފާރާތްތަކާ ހަވާލާދީ މިޑް ޑޭއިން ރިޕޯޓުކުރިގޮތުގައި ޕީކްގަޑީގައި ވީވީއައިޕީ މޫވްމެންޓެއް ކަމަށް ބުނެ ކުރިން އެންގުމަކާ ނުލައި އެތައް ގަޑިއިރެއް ވަންދެން މަގު ބަންދުކޮށްލުމަކީ އެމީހުންނަށް ލިބުނު ވަރަށް ބޮޑު ތަކުލީފެކެވެ.

ރައީސް ސޯލިހު އިންޑިއާ އަށް ވަޑައިގެންނެވީ އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ދެއްވި ދައުވަތަކަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button