ދޫކޮށްލި ބޯޓަށް ރައީސް އޮފީހުގެ އޮފިޝަލަކު އެހީތެރިކަން ފޯރުކޮށްދިން: ލަންކާ މީޑިއާ
މެއި މަހު ރާއްޖޭ ސަރަހައްދުން އަތުލައިގަތް ލަންކާގެ މަސްބޯޓެއް ދޫކޮށްލުމުން އެނބުރި ގައުމަށް ދިޔަ އިރު ރާއްޖޭން ބައެއް ތަކެތި ގެންދިޔަ މައްސަލައެއްގައި ލަންކާގެ މަސްވެރިންތަކެއް ހައްޔަރުކޮށްފި އެވެ.
ލަންކާގެ ނޫހަކުން ހާމަކޮށްފައިވާ ގޮތުގައި ލަންކާގެ ބެރުވަލާ އަވަށުގެ ބަނދަރު ބަލަހައްޓާ ކޯސްޓް ގާޑުން ވަނީ ކަސްޓަމްސްގެ ގާނޫނުތަކާ ހިލާފަށް އެގައުމަށް މުދާ އެތެރެކުރި މަސްވެރިންގެ ހަ މީހަކު ހައްޔަރުކޮށްފަ އެވެ.
މި މީހުން އަތުލައިގަނެފައިވަނީ މިދިޔަ ހަފްތާގެ ހުކުރު ދުވަހުކަމަށް ނޫހުން ބުނެއެވެ. އަތުލައިގަތް ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި އަންނައުނާއި ސެންޓާއި ކާނާ ހިމެނޭ ކަމުގައި އެ ނޫހުން ބުނެއެވެ.
މި މީހުންނަށް ރާއްޖޭގެ ރައީސް އޮފީހުގައި އުޅޭ ފަރާތަކުން އެހީތެރިކަން ފޯރުކޮށްދީފައި ވާކަމަށް އެ މަސްވެރިން ބުނެފައިވާކަމަށް ވެސް އެ ނޫހުން ވަނީ ހާމަ ކޮށްފައެވެ.