ޕާކިންގް ޖޫރިމަނާ ކުރަން ޖެހޭނީ ޕާކު ކުރާނެ ޖާގަ ފަހިކޮށްދީފަ: މުއިއްޒު
ޕާކިންގް އާއި ގުޅިގެން ޖޫރިމަނާ ކުރަން ޖެހޭނީ އެކަށީގެންވާ ވަރަށް ޕާކު ކުރާނެ ޖާގަ ދިނުމަށްފަހުގައި ކަމުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ.މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސިޓީ ކައުންސިލުން މާލޭގައި ޕާކިންގަށް ފަށާފައިވާ މަސައްކަތުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާއާއި އެއްކޮށް ނަތީޖާ ނެރުމުގެ ފުރުސަތު ދެވެންވާނެ ކަމުގައި ދެކޭކަމުގައެވެ.
Parking aai gulhigen joorimana kureven vaanee ekasheegenvaa varah park kuraane jaaga fahi kohdhinumahfahu kamugai dheken.@MaleCitymv in Male gai parking ah fashaafaivaa masakkathugai rayyithunge khiyaal aa mashwara aa ekkoh natheeja nerumuge furusath dheven vaane kamugai dheken
— Dr Mohamed Muizzu (@MMuizzu) July 16, 2021
މުއިއްޒު ވިދާޅުވީ ވެހިކަލް އެތެރެ ކުރެވޭވަރު ކޮންޓްރޯލު ކުރުމަށްޓަކައި ބޭނުންވާ މައުލޫމާތުތަށް ފޮނުވައިދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީގައި އެދިފައިވާނެކަމުގައެވެ. އަދި އެ މައުލޫމާތުތަށް އެންގުނުހާ އަވަހަކަށް ވެހިކަލް އެތެރެކުރެވޭ ވަރާއި ވެހިކަލް ގެ އުމުރު ކަނޑައަޅާނެ ކަމުގައި ވެސް މުއިއްޒު ވިދާޅުވިއެވެ.