ޚަބަރު
އޮޑިޓާ ޖެނެރަލްގެ މަގާމަށް ނިޔާޒީ އައްޔަނު ކުރައްވައިފި
ރައީސް އިބްރާހީމް މުހައްމަދު ސޯލިހް މިއަދު އޮޑިޓަރ ޖެނެރަލް ކަމުގެ މަޤާމަށް ގަލޮޅު އައިފަ، ހުސައިން ނިޔާޒީ ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ.
ނިޔާޒީއަށް އޮޑިޓަރ ޖެނެރަލް ކަމުގެ ފަތްކޮޅު ހަވާލު ކުރެއްވުމުގެ ރަސްމިއްޔާތު އޮތީ މިއަދު މެންދުރުކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
ނިޔާޒީއަކީ 2008 ވަނަ އަހަރު އިނގިރޭސިވިލާތުގެ ދި ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް އިން އެސޯސިއޭޓް މެންބަރުކަން ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ. އަދި މީގެކުރިން ހުސައިން ނިޔާޒީ ވަނީ އިންޑިޔާގެ ބެންގަލޯރ ޔުނިވަރސިޓީ އިން ބެޗެލަރ އޮފް ކޮމަރސް ހާސިލުކުރައްވާފައެވެ.
ނިޔާޒީ ވަނީ މީގެ ކުރިންވެސް އޮޑިޓަރ ޖެނެރަލް އޮފީހުގެ ތަފާތު އެކި މަގާމުތަށް ފުރުއްވާފައެވެ.