ޚަބަރުސިޔާސީ

ރައީސް ޔާމީނަކީ 2023 ވަނަ އަހަރުގެ ރިޔާސީ ކެނޑިޑޭޓް، އިތުރު ކެނޑިޑޭޓެއް ނެތް: އިދިކޮޅު

އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ފިޔަވައި، އިދިކޮޅުގެ އެއްވެސް މެމްބަރެއް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ޕްރޮގްރެސިވް ކޮންގެރެސް ކޯލިޝަނުން ބުނެފިއެވެ.

މިއަދު ޕީޕީއެމް އޮފީހުގައި ކުރިއަށްދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އިދިކޮޅު ކޯލިޝަންގެ ލީޑަރުން ތިއްބެވީ ވަރަށް ބަދަހިކޮށް ކަމުގައެވެ.

ޝިޔާމް ވިދާޅުވީ 2023 ވަނަ އަހަރު ޕީޕީއެމް/ ޕީއެންސީ އިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ޔާމީން ކަމުގައެވެ. ރައީސް ޔާމީނަށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވެންވީ ސަބަބެއް ނެތް ކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ޔާމީން މިނިވަން ކުރާނީ ގާނޫނީ އިމުގެ ތެރެއިން ކަމުގައި ވެސް ޝިޔާމް ވިދާޅުވިއެވެ.

”ސަރުކާރާއި ޑީލެއް ހަދައިގެން ރައީސް ޔާމީން މިނިވަނެއް ނުކުރާނަން. އެމަނިކުފާނު މިހާރުން މިހާރަށް ދޫކޮށްލާ.“ ޝިޔާމް ވިދާޅުވިއެވެ.

އިދިކޮޅުން މިފަދައިން ބުނެފައިވަނީ އިދިކޮޅު ލީޑާޝިޕްގެ ތެރޭގައި ރިޔާސީ އިންތިހާބަށް ވާދަކުރައްވާނެ ވިސްނުން ގެންގުޅުއްވާ ބައެއް ބޭފުޅުން އުޅުއްވާކަަމަށް ބައެއް ފަރާތްތަކުން ވާހަކަ ދައްކަމުން ގެންދާ ދަނޑިވަޅެއްގައެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button