ޚަބަރު

ކައުންސިލްތައް އޮޑިޓު ކުރަން ފަށަނީ

ލޯކަލް ކައުންސިލްތައް އޮޑިޓު ކުރުމުގެ މަސައްކަތް މިއަހަރު އަލުން ފެށުމަށް ތައްޔާރުވެއްޖެއެވެ.

އޮޑިޓާ ޖެނެރަލް އޮފީހުން ބުނިގޮތުގައި މިދިޔަ ދެތިން އަހަރު ކައުންސިލްތައް އޮޑިޓް ކޮށްފައިވަނީ އަމިއްލަ އޮޑިޓް ފާމުތަކާ ހަވާލު ކޮށްގެންނެވެ. އެ މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ގޮސްފައި ނެތް ނަމަވެސް މިއަހަރު އެ މަސައްކަތް އަލުން ފަށާނެ އެވެ.

ހުރިހާ ކައުންސިލެއް އޮޑިޓު ކުރެވޭ ވަރަށް އެ އޮފީހުގައި ވަސީލަތްތައް ނެތުމުން މި މަސައްކަތް ކުރަނީ އާންމުކޮށް އިއުލާނު ކޮށްގެން ކުރިމަތިލާ އޮޑިޓް ފާމްކާއި ހަވާލު ކޮށްގެންނެވެ. މީގެ ކުރިންވެސް އޮޑިޓް އޮފީހުން ވަނީ ކައުންސިލްތައް އޮޑިޓު ކުރުމަށް އަމިއްލަ އޮޑިޓު ފާމަކާއި ހަވާލު ކޮށްފައެވެ، ނަމަވެސް ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން އެމަސައްކަތް ވަނީ ކުރިއަށް ގެންދެވޭގޮތް ނުވެފައެވެ.

އޮޑިޓް އޮފީހުން ކަނޑައަޅާ އޮޑިޓް ފާމެއް މެދުވެރިކޮށް އޮޑިޓް ކުރަނީ 129 ލޯކަލް ކައުންސިލެކެވެ. ބާކީ ހުރި ކައުންސިލްތައް އޮޑިޓް ކުރަނީ އޮޑިޓް އޮފީހުންނެވެ.

ލޯކަލް ކައުންސިލެއްގެ އޮޑިޓް ރިޕޯޓް އޮޑިޓް އޮފީހުން އެންމެ ފަހުން އާންމުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button