ޚަބަރު

ކަރަންޓުގެ ލޯޑު އެތައް މެގަވޯޓެއް މައްޗަށް: ސްޓެލްކޯ އެމްޑީގެ ހާއްސަ އިލްތިމާސެއް!

ކަރަންޓަށް ހޭދަކުރެވޭ މިންވަރާއިމެދު ސަމާލުވުމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ އިލްތިމާސްކުރައްވައިފިއެވެ.

ކަރަންޓު ބޭނުންކުރާ މިންވަރު މިދުވަސްވަރު 10 އިން ސައްތަ އިތުރުވެފައިވާކަން ފާހަގަކުރައްވައި ފަހުމީ އެކްސްގައި ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިދުވަސްވަރަކީ ރާއްޖެއަށް އެންމެ ހޫނު ގަދަވާނެ ދުވަސްވަރުކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ލަފާކޮށްފައިވާ ކަމުގައެވެ. އަދި ރޯދަމަހަކީ ކަރަންޓު ބޭނުންކުރާ ނިސްބަތް އާންމުކޮށް ބޮޑު މަހެއްކަންވެސް ފަހުމީ ފާހަގަކުރެއްވިއެވެ.

”އަދި ރޯދަ މަހަކީ، ކަރަންޓުގެ ބޭނުންކުރާ މިންވަރު އެހެން މަސްމަހަށްވުރެ އިތުރު މަހަކަށްވުމުން މިދުވަސްވަރު ކަރަންޓު ބޭނުން ކުރުމުގައި ހާއްސަ ސަމާލުކަމެއް ދެއްވުމަށް އެދެން. ފަހުމީ ވިދާޅުވިއެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުގައި އެވްރެޖް މަހެއްގައި ގްރޭޓާމާލެ ސަރަޙައްދުގައި 94 މެގަވޮޓާއި ހަމައަށް ކަރަންޓު ބޭނުން ކުރާ އިރު، އެ އަދަދު މިހާރު ވަނީ 104.7 މެގަވޮޓާއި ހަމައަށް މައްޗަށް ޖެހިފައެވެ.

”ކަރަންޓަށް ކުރަންޖެހޭ ހޭދަ ވީހާވެސް ކުޑަ ކުރުމަށް، ކޮންމެހެން ބޭނުންވާ މިންވަރަށް ކަރަންޓު ބޭނުން ކުރެއްވުމަށާއި، މި ދުވަސްވަރު ކަރަންޓު އިގްތިސާދު ކުރެއްވުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސް ކުރަން.“ ފަހުމީ ވިދާޅުވިއެވެ.

ކަރަންޓުގެ ހަރަދު ކުޑަކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ސްޓެލްކޯއިން މިފަހަކަށް އައިސް އަންނަނީ އާންމުން ހޭލުންތެރިކުރުވުމުގެ ގޮތުން ގިިނަ މަސައްކަތްތަކެއް ފަށާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button