ޚަބަރު

ރައީސް ނިންމެވިގޮތަށް މިސްކިތްތަކަށް ދެން ބިލުކުރާނީ އަގުހެޔޮ، އާންމު ރޭޓުން: ފަހުމީ

މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރުން ޑޮމެސްޓިކް ރޭޓަށް ބަދަލުކުރެއްވުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން އެކަން އެގޮތަށް ކުރިއަށް ގެންދަން ނިންމަވާފައިވާކަން ސްޓެލްކޯގެ މެނޭޖިންގެ ޑިރެކްޓަރ ހުސައިން ފަހުމީ ހާމަކުރައްވައިފިއެވެ.

ރައީސް މުއިއްޒުގެ ނިންމެވުމަށް މަރުހަބާ ދަނަންވައި، ސްޓެލްކޯގެ އެމްޑީ ފަހުމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރައީސް މުއިއްޒު އިއްޔެ ރޭ ކުޅުދުއްފުށި ސިޓީގައި އިއުލާނުކުރެއްވި ފަދައިން ގްރޭޓަރ މާލެ ސަރަހައްދާއި ސްޓެލްކޯއިން ކަރަންޓުގެ ހިދުމަތްދޭ އެހެން ރަށްރަށުގައިވެސް ކުރިއަށް އޮތް މަހުން ފެށިގެން މިސްކިތްތަކުގައި ބޭނުންކުރާ ކަރަންޓަށް ބިލްކުރަމުންދާނީ ޑޮމެސްޓިކް ރޭޓުން ކަމުގައެވެ.

”މިއީ ލާމަރުކަޒީ ނިޒާމުގެ މުގޫ ކަމުގައިވާ ކައުންސިލްތައް ބާރުވެރި ކުރުމަށާއި، ކައުންސިލްތަކުން ކުރާ ހަރަދު އިގުތިސާދުކޮށް ސިންދަފާތު ކުރެވޭނެ މަގުފަހިކުރުމަށް މި ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުގެ ތެރެއިން ނިންމުނު ފުރިހަމަ އަދި މުހިއްމު ނިންމުމެއް.“ ފަހުމީ ވިދާޅުވިއެވެ.

ފަހުމީ ދެކެވަޑައިގަންނަވާގޮތުގައި މިކަމުގެ ސަބަބުން ކައުންސިލްތަކުގެ ބަޖެޓް މެނޭޖުކުރުމަށް ބޮޑެތި ފަސޭހަތަކެެއް ވެގެންދާނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button