ޚަބަރުސިޔާސީ

އަޒާންގެ ކެންޑިޑެސީ ފޯމު ހުށަހަޅައިފި، ވާދަކުރަނީ ހިތަދޫ މެދު ދާއިރާއަށް!

ކިޔުންތެރިންގެ މެދުގައި އެންމެ ބޮޑު މަގުބޫލުކަމެއް ހޯދި އެއް ނޫސްކަމުގައިވާ ”ދިޔަރެސް“ ނޫހުގެ ފައުންޑަރ މެންބަރު އަހުމަދު އަޒާންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިހާބުގެ އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާއަށް ސަރުކާރު ކެންޑިޑޭޓެއްގެ ގޮތުގައި ވާދަކުރައްވާ އަޒާން ވަނީ އަޒަރުބައިޖާން ޑިޕްލޮމެޓިކް އެކަޑަމީއިން އިންޓަނޭޝަނަލް ރިލޭޝަންސްއިން ޑިގްރީ ހާސިލްކޮށްފައެވެ. އޭނާ އަކީ އެދާއިރާއަށް ވާދަކުރާ އެންމެ ޒުވާން ކެންޑިޑޭޓެވެ.

އަޒާންގެ އިތުރުން އެދާއިރާއަށް އެމްޑީޕީގެ ފަރާތުން އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު އާއި ޑިމޮކްރެޓްސްގެ ފަރާތުން އެދާއިރާގެ މިހާރުގެ މަޖިލިސް މެންބަރު އަހްމަދު ރަޝީދުވެސް ވާދަކުރެއެވެ.

ވޭތުވެދިޔަ 5 އަހަރެއްހާ ދުވަހު އަޒާން ފާހަގަވެފައިވަނީ ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިންނާއި މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އާންމުންނަށް ގިނަ ކަންތައްތަކެއް އޮޅުން ފިލުވައިދިން ޖެހިލުން ކުޑަ ނޫސްވެރިއެއްގެ ގޮތުގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button