ޚަބަރު

ފުލުހުން އަޒާނަށް ބިރުދެއްކުމަކީ ކަންބޮޑުވާ މައްސަލައެއް: އެމްނެސްޓީ

ދިޔަރެސް ނޫހުގެ ނޫސްވެރިހާ އަހުމަދު އަޒާނަށް ފުލުހުން ބިރު ދެއްކުމަކީ ކަންބޮޑުވާ މައްސަލައެއް ކަމުގައި ހައްގުތަކަށް ވަކާލާތުކުރާ ބައިނަލްއަގުވާމީ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނެފިއެވެ.

ސައުތު އޭޝިއާގެ އެމްނެސްޓީ ގޮފިން ނެރުނު ބަޔާނެއްގައި ބުނީ އައިޖީއެމް ހޮސްޕިޓަލުގެ ޑާޓާ ބޭސްގައި ހުރި މައްސަލައެއް ރިޕޯޓު ކުރުމުން އަޒާން ފުލުހަށް ހާޒިރުކޮށް ބިރުދައްކައިގެން ތަހުގީގެއް ފެށުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމުގައެވެ.

”މުއައްސަސާތަކުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ކަށަވަރުކޮށްދޭން ޖެހޭނެ. ނޫސްވެރިންނަށް ރައްކާތެރިކަން ގާއިމްކޮށްދޭން ޖެހޭނެ.“ އެމްނެސްޓީން ބުންޏެވެ.

ފުލުސް އޮފީސް ދޮށަށް މިމަހުގެ 21 ވަނަ ދުވަހު ނޫސްވެރިންނާއި އާންމުން އެއްވީ, ދާދިފަހުން ފާސްކޮށްފައިވާ ހެއްކާބެހޭ ގާނޫނަށް ގެނެވުނު އިސްލާހާއި ދެކޮޅަށް އަޑުއުފުލަމަށާއި, “ދިޔަރެސް” ނޫހުގެ ނޫސްވެރިޔާ އަހްމަދު އަޒާން މަރުޒޫގާ ދެކޮޅަށް ކުރާ ޖިނާއީ ތުހުމަތާއި ދެކޮޅަށް އަޑުއުފުލުމަށެވެ. މި އެއްވުން ކުރިއަށް ގެންގޮސްފައިވަނީ 21 ވަނަ ދުވަހުގެ މެންދުރު 14:30 ހާއިރުއެވެ. އަދި އެވަގުތަކީ ނޫސްވެރިޔާ އަޒާން ފުލުހަށް ހާޒިރުކުރުމަށް ކަނޑައެޅިފައި އޮތް ގަޑިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގުކުރެއްވި ހެއްކާބެހޭ ގާނޫނުގެ އައު އިސްލާހާއެކު, ނޫސްވެރިން ލިޔާ ލިޔުނަތްކުގެ މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް ވަނީ މަޖުބޫރުވެފައެވެ. އަދި މަސްދަރު ހާމަނުކޮށްފިނަމަ ޖިނާއީ ފިޔަވަޅު އެޅޭނެއެވެ. މި އިސްލާހު ރައްޔިތުންގެ މަޖްލީހުން ފާސްކުރުމުގެ ކުރިން ނޫސްވެރިން ވަނީ އެތައް ފަހަރެއްގެ މަތިން އެކަމުގެ ކަންބޮޑުވުން ފާޅުކޮށް, ރައްޔިތުންގެ މަޖިލީހާއި އެކަން ހިއްސާކޮށް, އަދި ރައްޔިތުންގެ މަޖިލީހުގެ ކުރިމަތީގައިވެސް ނުރުހުންފާޅުކޮށްފައެވެ.

އެއްވުމުގެ ބައިވެރިން ދެން ކަންބޮޑުވުން ފާޅުކޮށްފައިވަނީ “ދިޔަރެސް” ގެ ނޫސްވެރިޔއާ އަޒާންގެ މައްޗަށް ކުރެވޭ ޖިނާއީ ދައުވާ އާއި މެދުއެވެ. މިކަމާ ގުޅޭގޮތުން މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަޒާން ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައިވަނީ، އައިޖީއެމް ހޮސްޕިޓަލްގެ ޕޯޓަލްއިން އާންމު ރައްޔިތުންނާއި ދައުލަތުގެ އިސްފަރާތްތަކުގެ ޒާތީ މައުލޫމާތަށް ހުއްދަނެތި އެކްސެސްވިގޮތާ ގުޅޭގޮތުން ފުލުހުން ހިންގާ ޖިނާއީ ތަހުގީގުގައި ސުވާލު ކުރުމަށް ކަމަށެވެ. އަދި އޭނާ ފުލުހަށް ހާޒިރު ކުރަނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިޔެފައިވާ ލިޔުމެއް ނުވަތަ ނޫސްވެރިކަމާ ގުޅުންހުރި ކަމަކާ ގުޅިގެން ނޫންކަމަށް ބުނެފައިވެއެވެ. އެކަމަކު އަޒާން އެ ތުހުމަތުތަކަށް އިންކާރު ކުރެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button