ޚަބަރުސިޔާސީ

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ގައުމިއްޔަތު އޮތުމާއި ނެތުމުގެ މައްޗަށް ނެގޭ ވޯޓެއް: ރައީސް ޔާމީން

އަންނަ އަހަރުގެ ރިޔާސީ އިންތިހާބަކީ ގައުމިއްޔަތު އޮތުމާއި ނެތުމުގެ މައްޗަށް ނެގޭ ވޯޓެއް ކަމުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ދ.ކުޑަހުވަދޫއަށް ވަޑައިގެން ރޭ އެރަށު ރައްޔިތުންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ފޯރަމަކާ ޖަލްސާއެއް ގޮތަށް ކުރިޔަށް ދިޔަ ހާއްސަ ހަފްލާގައި ވާހަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ކުރިޔަށް އޮތް ރިޔާސީ އިންތިހާބަކީ ވަކި ކެންޑިޑޭޓަކު ކުރިމަތިލުމާއި ނުލުމުގެ މައްޗަށް ބޭއްވިގެން ދާނެ އިންތިހާބެއް ނޫން ކަމަށާއި، ދިވެހިން ޒަމާނުއްސުރެ ގަބޫލު ކުރާ އުސޫލުތައް އޮތުމާއި ނެތުމުގެ މައްޗަށް ބާއްވާ އިންތިހާބެއް ކަމުގައެވެ.

”ދިވެހިރާއްޖޭގަ އިސްލާމް ދީން އޮންނާނެ ތޯ، ރާއްޖޭގަ އޮންނަންވީ ރަށްފުށުގެ ތަރައްގީ ތޯ، ނޫނީ އަޅުގަނޑުމެން މި ދެކޭ ހިތްވާ ތަރައްގީ ތޯ.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ކުޑަހުވަދޫއިން އެމަނިކުފާނަށް ބޮޑު އިންސައްތައަކުން ވޯޓު ލިބުމަކީ ވަރަށް ބޮޑު އުންމީދެއް ކަމުގައި ރައީސް ޔާމީން ވިދާޅުވިއެވެ.

މި ޖަލްސާގައި ރައީސް ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖެއިން ބޭލުމަށް އިދިކޮޅުން ބޭނުންކުރި ”އިންޑިއާ އައުޓް“ ލިޔެފައިވާ ބެނާ އެމަނިކުފާނުގެ ގެކޮޅުގައި ހަރުކޮށްފައި ހުއްޓާ ފުލުހުން ނެއްޓިޔަސް، އެމަނިކުފާނުގެ ހިތްޕުޅުގައި އޮތް ގައުމީ ލޯބި ނިގުޅައި ނުގަނެވޭނެކަން ހާމަކުރައްވާފައެވެ. އަދި އިންޑިއާ ސިފައިން ފައިބަންޖެހޭކަން ރައީސް ޔާމީން ފާހަގަކުރެއްވިއެވެ.

2 Comments

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button