ޚަބަރު

ޝިއާއުގެ ހަށިގަނޑު ޕޯސްޓުމޯޓަމް ހަދަން ފޮނުވައިފި

މިމަހު ހަވަނަ ދުވަހުގެ ރޭ އަނިޔާވެރި ގޮތަކަށް މަރާލެވިފައިވާ، ޏ.ފުވައްމުލައް ސިޓީ/މާލެގަން ޝިއާއު މުހައްމަދު ސައީދުގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު މިއަދުގެ ވަގުތެއްގައި ރާއްޖެއިން ބޭރަށް ފޮނުވާލައިފި ކަމަށް ފުލުހުން ބުނެފިއެވެ.

ޝިއާއުގެ ހަށިގަނޑު ފެނިފައިވަނީ ހ.ޝީރީން ވިލާގެ 9ވަނަ ފަންގި ފިލާއިންނެވެ.

މިމަރާ ގުޅޭގޮތުން ފުލުހުން ނޫސްވެރިންނާ ބައްދަލު ކުރީ އެއް ފަހަރުއެވެ. އަދި މިބައްދަލުވުމުގައި މާ ގިނަ މަޢުލޫމާތު މިކަމާ ގުޅޭގޮތުން ހިއްސާކޮށްފައެއް ނުވެއެވެ. މިހާތަނަށް އެނގި ފައިވާ ގޮތުގައި މިހާދިޘާ ހިނގިއިރު ޝިއާއުގެ ޤާތިލް ކަމަށް ފުލުހުން ތުހުމަތު ކުރާ ފ.ނިލަންދޫ ފިނިފެންމާގެ އަލީ ޝާހިލް ހުރީ މަސްތު ހާލުގައެވެ. ޝިއާއުގެ ބައެއް ގުނަވަންތައް ވަނީ ބުރިކޮށް ހަށިގަނޑާ ވަކިކޮށްލާ ފައެވެ.

މިއީ މިފަހަކަށް އައިސް ރާއްޖޭގައި ހިނގި އެންމެ އަނިޔާވެރި ރަހުމްކުޑަ ލާ އިންސާނީ މަރެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button