ސައްދާމް ވަޒީފާއިން ވަކި ކޮށްފި
ގއ.ގެމަނަފުށީ ސްކޫލުގެ ޕްރިންސިޕަލްގެ މަޤާމުގައި ހުންނެވި މުހައްމަދު ސައްދާމް މިއަދު ވަޒީފާއިން ވަކިކޮށްފިއެވެ.
ވަޒީފާއިން ވަކި ކުރި ކަމުގެ ލިޔުން ސިވިލް ސާވިސް ކޮމިޝަނުން މިއަދު އޭނާއަށް ވަނީ ދީފައެވެ.
މިކަން އެބޭފުޅާ ހިއްސާކޮށް ފައި ވަނީ ވަޒީފާއިން ވަކި ކުރި ކަމުގެ ލިޔުމާއެކު މީސްމީޑިއާގައެވެ. ލިޔުމުގައި ވާގޮތުން ސައްދާމް ވަޒީފާއިން ވަކި ކުރެއްވި ސަބަބެއް ކަމުގައި ލިޔުއްވާފައި ވަނީ ”ޕްރެބޭޝަން މުއްދަތުގައި އެމަޤާމަށް އެކަށީގެންނުވާތީ، ދިވެހި ސިވިލްސާ ސަރވިސްގެ ޤަވައިދު 2014ގެ 102 ވަނަ މާއްދާގެ(ހ)ގެ“ ދަށުން ކަމުގައެވެ.
ސައްދާމް މީސްމީޑިޔާގަ ލިޔެފައިވާ ޕޯސްޓުގައި ބުނެފައިވަނީ ”މިދިޔަ އަހަރު ފާސްވި ކުދިންގެ ޕަސެންޓަކީ 70 ކަމަށާއި މިއީ މިވީހާތަނަށް އެންމެ މަތިން ކުދިން ފާސްވި އެއް އަހަރު ކަމަށެވެ. އަދި މިއީ ތަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަޢުލީމީ ހަޔާތުގައި ކަޅު ދުވަހެއްކަމާއި، މިކަން މިގޮތައް ކޮށްފައި ވަނީ މިނިސްޓުރީ އޮފް އެޑިޔުކޭޝަންގެ ޕާރމަނެންޓު ސެކެޓްރީ އަހުމަދު އަލީ ކަމަށެވެ. އަދި މިއީ އޭނާ އާއިމެދު ހިތްހަމަނުޖެހޭތީ ސީދާ ޒާތީވެގެން ކުރި ކަމެއް ކަމައްވެސް ޕޯސްޓުގައި ބުނެފައި ވެއެވެ.
ވަޒީފާގެ ބިރުވެރިކަން އެއްވެސް ބޭފުޅަކަށް ނޯންނާނެ ކަމާއި ވަޒީފާގައި ސިޔާސީ ތަފާތު ކުރުން ނުގެންގުޅުއްވާނެ ކަން ތަކުރާރުކޮށް އެތައް ފަހަރެއްގެ މަތިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވަނީނަމަވެސް މިވެރިކަމުގައި އެތައްބަޔަކު ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.
ބަލަގަ އެޖެންޑާ19 ތަފާތުވާނެ ވާހަކަ މިސަރުކާރު އައުމުގެ ކުރިން އެވެރިންވަނީބުނެފައެއްނު ދެން ރައްޔިތުން ބޭނުންވީ އެބުނާތަފާތުބަލައިލަން މިހާރުއެފެންނަނީއަމިއްލައަށްފޭހުނުއިލޮށިމިހެރެނީއަމިއްލަލޮލަށް ދެންއޮތީކުޑަދުވަސްކޮޅެއްކެއްކޮށްލެވޭތޯބަލަންވީ.