ނަފްރަތުގެ ބިލުގެ ސަބަބުން ހަމަނުޖެހުމަކަށް ހިނގައިދާނެ: ބައެއް މެންބަރުން
ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހިސާން ހުސެއިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފައިވާ ނަފްރަތުގެ ބިލުގެ ސަބަނުން ރައްޔިތުންގެ މެދުގައި ހަމަނުޖެހުން އިތުރުވެގެން ހިނގައިދާނެ ކަމަށް ބައެއް މަޖިލިސް މެންބަރުން ވިދާޅުވެއްޖެއެވެ.
10 މެންބަރުން ސޮއިކުރައްވައި ނެރުނު ނޫސްބަޔާނެއްގައި ބުނީ މިބިލުގެ ސަބަބުން ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން ނެތިގެން ހިނގައިދާނެ ކަމަށެވެ.
”މިއީ ނަފްރަތުގެ އަމަލު ހުއްޓުވުމަށް އޮތް ހައްލަކަށް ވުމުގެ ބަދަލުގައި މި ބިލުގެ ސަބަބުން މި މައްސަލަ އިތުރަށް ގޯސްވެދާނެއެވެ.“ މެންބަރުން
މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި ނޫސްބަޔާން ނެރުއްވި މެންބަރުން
- ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް
- ތިމަރަފުށި ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު
- ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން
- ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސެއިން
- ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު އުޝާމް
- ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމް
- ނިލަންދޫ ދާއިރާގެ މެންބަރު އަބްދުލް މުހުސިން ހަމީދު
- އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
- ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ
- ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު
މި ހުރިހާ މެންބަރުންވެސް ވަނީ ނަފްރަތުގެ ބިލު ހުށަހަޅާފައިވާގޮތަށް ފާސްކުރުމަށް ތާއީދު ނުކުރައްވާނެ ކަން ހާމަކޮށްފައެވެ.
ނަފުރަތުގެ އަމަލު ހުއްޓުވުމަށް ކަމަށް ބުނެ ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން އަޅުގަނޑުމެން ނެރޭ ބަޔާން! pic.twitter.com/Fy6wzB4lRt
— Ibrahim Naseem (@IbreyNaseem) July 6, 2021
ނަފްރަރުގެ ބިލު މިހާރު އޮތް ގޮތަށް ފާސްވެއްޖެ ނަމަ، އިސްލާމް ދީނަށް ފުރައްސާރަ ކުރުން އާންމުވެ، ލާދީނީ އެޖެންޑާ ފެތުރުމަށް ހިތްވަރުދޭ މީހުންނާއި، އެފަދަ ވާހަކަތައް ދައްކާ ފަރާތްތަކަށް ގާނޫނީ ހިމާޔަތް ލިބިގެންދާނެއެވެ.