ޚަބަރުސިޔާސީ

އުތުރު ތިލަފަޅުގައި އިންޑިއާގެ ހަތިޔާރު ރައްކާ ކޮށްފާނެ: އުމަރު ނަސީރު

ލީކުވި އުތުރު ތިލަފަޅުގެ އެއްބަސްވުން ބަދަލު ނުކޮށް ސޮއިކޮށްފައިވާނަމަ، އިންޑިއާގެ އަސްކަރީ ހަތިޔާރު އެތަނުގައި ރައްކާ ކުރާނެކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ ”އިތުރުކާފު“ ޕްރޮގްރާމުގައި މިރޭ ވާހަކަ ދައްކަވަމުން އުމަރު ވިދާޅުވީ، އުތުރު ތިލަފަޅުގައި އިންޑިއާއިން ހަދާ އެމްއެންޑީއެފްގެ ޑޮކްޔާޑުގެ ލީކުވި އެއްބަސްވުމާ އެއްގޮތަށް ސަރުކާރުން އަމަލުކޮށްފިނަމަ، ރާއްޖޭގެ މިނިވަންކަމަށް ބުރޫ އަރާނެ ކަމަށެވެ.

”އެއްބަސްވުމަށް ބަދަލެއް ގެނެސިއްޔާ އެނގޭނީ ސަރުކާރަށް. ސޮއި ކުރި އެއްބަސްވުން ނުފެންނަހާ ހިނދަކު އުތުރު ތިލަފަޅު ބަދަލުވެގެންދާނީ އިންޑިއާއިން ކޮމާންޑު ކުރާ، އިންޑިއާގެ އުޅަނދުތައް އަރުވާ ބާލާ، އެގައުމުގެ ހަތިޔާރުވެސް ރައްކާ ކުރެވޭ، އެގައުމުގެ ސިފައިން އޮޕަރޭޓްކުރާ ތަނަކަށް.“ އުމަރު ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުން އޭނާ ރައީސަކަށް އިިންތިހާބު ކޮށްފިނަމަ، އިންޑިއާ ސިފައިން ރާއްޖެއިން ބާލާނެ ކަމަށެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button