ޚަބަރުސިޔާސީ

އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ގޮވާލައި ސައީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ގޮވާލައި މާވަށު ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފިއެވެ.

މެންބަރު ސައީދު ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވާގޮތުން  މިދިޔަ މަހުގެ 29 ވަނަ ދުވަހު އެއާޕޯޓުގައި ޖާސޫސް ކުރަން އުޅުނިކޮށް ފުލުހުން ހިފަހައްޓައި، ކޯޓުން 10 ދުވަހަށް ބަންދު ކުރި އިންޑިއާ ދެމީހުން އިންޑިއާއިން އަންގައިގެން ވަނީ ރާއްޖެއިން ފުރުވާލާފައެވެ.

އެމީހުން ދިޔައީ ވީޑިއޯ މެދުވެރިކޮށް އެއާޕޯޓުގެ ކަންކަން ހިނގަމުން ދިޔަގޮތް ލައިވް ކުރަމުން ކަމަށާއި، ގައުމީ ސަލާމަތަށް ނުރައްކާ ކުރިމަތިވާ ވަރުގެ އަމަލެއް ހިންގުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި އަދި ޖާސޫސް ކުރިކަމުގެ ހެކި ފުލުހުން ކޯޓަށް ހުށަހެޅިކަން ސައީދުގެ ކުއްލި މައްސަލާގައި ވަނީ ފާހަގަކުރައްވާފައެވެ.

އެހެން ނަމަވެސް ސައީީދު ހުށަހެޅުއްވި މައްސަލަ ބަލައި ނުގަނެ މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.

އެ މައްސަލާގައި ހައްޔަރުކުރީ އުމުރުން 26 އަހަރާއި 41 އަހަރުގެ ބިދޭސީ ދެ ފިރިހެނުންނެވެ. އެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ދީފައިވަނީވެސް މިދިޔަ މަހުގެ 29 ވަނަ ދުވަހުގައެވެ.

އެ ދެ މީހުންގެ ދަބަހުން ގޮވާތަކެތި ފެނުނު ކަމުގެ އަޑުތަކެއްވެސް ފެތުރުނެވެ. އެކަމަކު ފުލުހުން ވަނީ އެކަން ދޮގުކޮށްފައެވެ. ފުލުހުން އެކަން ދޮގު ކުރުމާ ގުޅިގެން އެ މައްސަލައިގެ ގިނަ ހަގީގަތްތަކެއް ފޮރުވާކަމަށް ބުނެ ސިޔާސީ އެކި ބޭފުޅުންނާއި އާންމުން ވަނީ ސަރުކާރަށް ފާޑުވެސް ކިޔާފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button