ޚަބަރުސިޔާސީ

ފައިދާވާ މަޝްރޫއެއް ސަރުކާރަށް ނުހިންގި ދައުލަތުގެ ދަރަނި ވީ ބޮޑު: ސައީދު

އާމްދަނީ ލިބޭނެ ފައިދާހުރި ބޮޑު މަޝްރޫޢެއް ނުހިންގި މި ސަރުކާރުގެ ދަރަނި ބޮޑުތަނުން އިތުރު ވެފައިވާ ކަމުގައި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި ޕީއެންސީގެ ނައިބު ރައީސް މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވަމުން އަންނަ ސަޢީދު މިހެން ވިދާޅުވީ، ރޭ ޕީއެސްއެމްއިން ގެނެސްދިން ”ދިވެހީންގެރާއްޖެ“ ޕްރޮގުރާމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަންވެސް ކުރައްވާ މުޙައްމަދު ސަޢީދު ވިދާޅުވީ، ރާއްޖޭގެ ދަރަނީގެ ޙާލަތު މިވަގުތު އޮތީ ކަންބޮޑުވާ ދަރަޖައެއްގައިކަމަށެވެ. އެގޮތުން ބޭރުގެ ދަރަނި ގާތްގަނޑަކަށް 125 ބިލިއަން ރުފިޔާއަށް އަރާއިރު، މި ސަރުކާރުން އެކަނި އުފަންކުރި ދަރަނި ގާތްގަނޑަކަށް 75 ބިލިއަން ރުފިޔާއަށް އަރާކަން ސަޢީދު ފާހަގަކުރެއްވިއެވެ.

ސަޢީދު ވިދާޅުވީ، މި ސަރުކާރުގެ ބޮޑު ދަރަންޏެއް އޮތްނަމަވެސް، ދައުލަތަށް ޢަމްދަނީއެއް ވަންނާނެ ފަދަ ފައިދާހުރި ބޮޑު މަޝްރޫޢެއް މި ސަރުކާރަށް ހިންގިފައި ނުވާކަމަށެވެ. އަދި ތިލަމާލޭ ބްރިޖު މަޝްރޫޢު ނުނިމި ދިގުލައިގެން ދިޔުން މިކަމުގެ މިސާލަކަށް ފުދޭކަމަށް ސަޢީދު ވިދާޅުވިއެވެ. ހަމައެހެންމެ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމުގެ ސައްކަތްވެސް ނުނިމި ދިގުލައިގެން ދިއުމަކީ ކަންބޮޑުވާކަމެއްކަމަށް ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވަނީ ސިޔާސީ އެކި ބޭނުންތަކަށް މި ސަރުކާރުން ދަރަންޏަށް ނެގި ފައިސާ ބޭނުންކޮށްފައިވާކަމަށް ތުޙުމަތު ކުރައްވާފައެވެ. އަދި ޢާމްދަނީ ލިބޭ މަޝްރޫޢެއް ނެގި ލޯނުތަކުން ނުހިންގޭކަމަށްވެސް ސަޢީދު ވިދާޅުވިއެވެ.

”އަވަށްޓެރި ބައެއް ޤައުމުތަކުން، ޚާއްސަކޮށް އިންޑިއާއިން ނަގާފައިވާ ދަރަނި 3.2 ބިލިއަން 3.5 ބިލިއަން އެމެރިކާ ޑޮލަރަށް އެބަ އަރާ. އެހެންނަމަވެސް، އެ ނެގި ދަރަންޏެއް ރިއަލައިޒް ވެފައެއް ނެތޭ މަޝްރޫޢަކަށެއް. ސީދާ ޢާމްދަނީ ލިބޭނެ މަޝްރޫޢަކަށް.“ ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ، އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ޚާރިޖީ ސިޔާސަތަކީ ދިވެހިންގެ މަސްލަޙަތާއި ތަރައްޤީއާއި ކުރިއެރުމަށް އިސްކަންދޭ ސިޔާސަތެއްކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button