ޚަބަރު

ޗައިނާ ސަރުކާރުން ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަދިޔާކޮށްފި

ޗައިނާ ސަރުކާރުން މާލެ ސިޓީ ކައުންސިލަށް 3000 މަގު ބައްތި ހަދިޔާކޮށްފިއެވެ.

މިތަކެތި ސިޓީ ކައުންސިލާއި ހަވާލު ކުރުމުގެ ގޮތުން މިއަދު ހެނދުނު 11:00 އެހާކަން ހާއިރު އެ ކައުންސިލްގެ މީޑިއާ ސެންޓަރުގައި ވަނީ ހާއްސަ ހަފްލާއެއް ބާއްވާފައެވެ.

ޗައިނާގެ ފަރާތުން ސިޓީ ކައުންސިލަށް މިތަކެތި ހަވާލުކޮށްދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީ ޖިން އެވެ. އަދި ސިޓީ ކައުންސިލްގެ ފަރާތުން މަގު ބައްތިތަކާއި ހަވާލުވެވަޑައިގެންނެވީ މާލޭގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު އެވެ.

މި ހަފްލާގައި ވާހަކަ ދައްކަަވަމުން ޗައިނާ ސަފީރު ވަނީ ރާއްޖެއާއި ޗައިނާ އާއި ދެމެދު އޮންނަ ބަދަހި ގުޅުމުގެ މައްޗަށް އަލި އަޅުއްވާފައެވެ.

މި ހަފްލާގައި ވާހަކަ ދައްކަވަމުން މޭޔަރު މުއިއްޒު ވިދާޅުވީ ޒަމާންތަކެއް ވަންދެން މާލެ އާއި ވިލިމާލޭގައި ބަދަލު ނުކުރެވި ހުރި މަގު ބައްތިތަކުގެ ބަދަލުގައި ޒަމާނީ ލެޑް ލައިޓް ޗައިނާ ސަރުކާރުގެ އެހީގެ ސަބަބުން ހަރު ކުރެވިގެން ދާނެ ކަމުގައެވެ. މުއިއްޒު ވަނީ ޗައިނާ ސަރުކާރުން ދިވެހިންނާއި މެދު ބަހައްޓަވާ ގާތް ކަމާއި، ވެދެއްވާ އެހީތެރިކަމަށް އެގައުމުގެ ރައީސް ޝީ ޖިންގ ޕިން އަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ. ހާއްސަކޮށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ޗައިނާ ސަރުކާރުގެ އެހީގައި އެޅި ސިނަމާލެ ބްރިޖްގެ މަޝްރޫއު މުއިއްޒު ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button