ގްރޭޑު 5 ގެ ފޮތެއްގައި ފާޅުގައި މަސްތުވާތަކެތި ޕްރޮމޯޓުކޮށްފި
ގްރޭޑް 5 ގެ ފޮތެއްގައި ހާސްކަމާ ދެކޮޅަށް ބޭނުންކުރާ ބާވަތްތަކުގެ ތެރޭގައި މަސްތުވުމަށް ބޭނުންކުރާ ބިޔަރާއި، އިންޖެކްޝަނާއި ބޭހުގެ ތަސްވީރު ޝާއިއުކޮށްފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
އެގޮތުން މީސްމީޑިއާގައި ޒަމްޒަމް ފާރިޝް ނަމަކަށް ކިޔާ މީހަކުގެ ޓުވީޓެއްގެ ތަފްސީލުގައިވާގޮތުން ހާސްކަން ފިލުވުމަށް ކުރެވިދާނެ ދެކަމެއްގެ ތެރެއިން ފުރަތަމަ ކަމަކަށް މަސްތުވުން ބަޔާންކޮށްފައިވެއެވެ. އަދި މަސްތުވުމަށް ބޭނުންކުރެވިދާނެ އާލާތްތަކުގެ ތެރޭގައި ޑަންލޮޕް ތެރަހުން ވަސްބެލުމާއި، ދުންފަތް ބުއިމާއި، ބިއަރު ބުއިމާއި، ހަށިގަނޑަށް އިންޖެކްޝަންގެ ޒަރީއާއިން މަސްތުވާތަކެތި ފޮނުވާ އިންޖެކްޝަނެއްގެ މަންޒަރުތައް ދައްކުވައިދީފައިވެއެވެ.
Dear VP @FaisalNasym , @aisthly miss , @MoEdumv
Look at this mess.
This is what's taught is some Maldives school. Grade 5 science pic.twitter.com/8nQ6cTKO9C— ZamzamFarish – ޒަމްޒަމް ފާރިޝް (@ZamzamFarish) July 27, 2023
ހާސްކަން ފިލުވާނެ ދެވަނަ ގޮތެއްގެ ގޮތުގައި ބުނެދީފައިވަނީ ކަަސްރަތާއި، ކުޅިވަރާއި، ފިލްމު ބެލުމެވެ. އަދި އެ ދަރިވަރަކު ހާސްކަން ފިލުވުމަށް ބޭނުންކުރާނެ 3 ގޮތެއް އިހުތިޔާރު ކުރުމަށްފަހު އެއީ ރަނގަޅު ގޮތެއްތޯ ނިންމުމުގެ ބާރު ދީފައިވެއެވެ.
މިކަމާ ގުޅޭގޮތުން އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ އާއި ”ބޮންތި“ ނޫހުން ސުވާލު ކުރުމުން ހަބަރު ޝާއިއުކުރުމާ ހަމައަށް އޭނާގެ ޖަވާބެއް ނުލިބެއެވެ.
ހާސްކަން ފިލުވާނެ އެއް ކަމެއްގެ ގޮތުގައި މަސްތުވުން އިހުތިޔާރު ކުރުމަށް ދަރިވަރުންނަށް ހިތްވަރު ލިބޭގޮތަށް މި ފޮތުގައި ސަފްހާއެއް ހިމަނާފައިވާއިރު، އިސްލާމް ފޮތް ތަކުން ގުރުއާނުގެ އާޔަތްތައް އުނިކުރުމަށްފަހު، ހަމައެކަނި އާޔަތުގެ ނަންބަރު ޖަހާގޮތަށް އެޑިއުކޭޝަނުން ހަމަޖެއްސުމަށްފަހު އާންމުންގެ ފާޑުކިއުމާހެދި އެކަން އަނބުރާ ގެންގޮސްފައިވެއެވެ. އެ މައްސަލަވެސް އެޑިއުކޭޝަނުން ފުރަތަމަ ވަނީ އޮޅުވާލާފައެވެ.