
ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެ ކަމަށާއި، ވެރިކަމަށް އެނބުރި ވަޑައިގަންނަވާނީ ގެއްލުނު ގައުމު އަނބުރާ ހޯއްދަވަން ކަމުގައި އިދިކޮޅު ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު މެންދުރު 13:30 ގައި ޕީޕީއެމް އޮފީހުގައި ރައީސް ޔާމީންގެ ކެމްޕެއިން މެނޭޖަރު ކެޕްޓަން މުހައްމަދު އަމީން ވަނީ ޔާމީންގެ ހާއްސަ މެސެޖެއް އިއުލާން ކުރައްވާފައެވެ. އެގޮތުން އެމަނިކުފާނު ބޭނުންފުޅުވަނީ ރާއްޖޭގެ ދެކުނުން ވިއްކާލި މަސްކަނޑު އަނބުރާ ހޯއްދުވުމާއި، ރައްޔިތުންގެ ހާލަތު ރަނގަޅު ކުރެއްވުމަށް ގައުމުގެ އިގްތިސާދު ކޮޅަށް ޖެއްސެވުމަށް މަސައްކަތް ކުރެއްވުމާއި، ރާއްޖޭގައި ތިބި އިންޑިއާ ޖާސޫސުންނާއި ސިފައިން ބޭލުމަށްކަން އެ މެސެޖުގައި ވެއެވެ.
ރައީސް ޔާމީން މިވަގުތު ހުންނެވި ޖަލު ހުކުމެއްގައި ކަމުން އިންތިހާބުގައި ވާދަ ކުރެއްވޭނެތޯ ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ، ޔާމީނަށް ވާދަ ކުރެއްވޭނަކަން ޝައްކެއްނެތް ނެތް މިންވަރަށް ސާބިތުވާކަމަށާއި އެމަނިކުފާނުގެ މައްޗަށް އުފުލާފައިވަނީ ސިޔާސީ ދައުވާތަކެއް ކަމުގައެވެ.
ޔާމީނުއެނބުރި އަންނާނެ ކަމެއްނެތް ރަށްޔިތުން ތަކެއް ޖަލަށް އަޅައި ހަނޑޫ ހަކުރު ފުށް އަގުބޮޑުކުރާކަށް ވަރަށް ވަރަށް ސާފް
ތީއޭ ރައީސަކީ ތިއޭމިގައުމުގެ ރައްޔިތުންގެ އުއްމީދަކީ. އިންޝާﷲ ރައީސްޔާމީން ގެ ޒަޢާމަތެއް މިގައުމަށް ފަހިވުމަކީ ރައްޔިތުންގެ އެތައްއުއްމީދެއް ހާސިލް ވާނެ ކަމެއް . އުއްމީދެއް ވާނެ ނަމަ ދިރުމެއް . ދިރުމެއް ވާނަމަ އުއްމީދެއް .