ޚަބަރުސިޔާސީ

ޔޯގާ ހައްޔަރީންނާ ދެކޮޅަށް ބަޔާން ދީފައިވަނީ ފުލުހުން އެކަނިކަން ހާމަވެއްޖެ

ރާއްޖެ އާއި އިންޑިއާ ސަރުކާރު ގުޅިގެން ޖޫން 21 ގައި ގަލޮޅު ދަނޑުގައި ބޭއްވި ޔޯގާ ހަރަކާތް ބަޔަކު ހުއްޓުވާލި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރި 21 މީހުނާ ދެކޮޅަށް ބަޔާން ދީފައިވަނީ ފުލުހުން އެކަނިކަން ހާމަވެއްޖެއެވެ. 

މިކަން ހާމަވެފައިވަނީ ޔޯގާ ހައްޔަރީންގެ ވަކީލުންގެ ފަރާތުން ރޭ ލެވެންޑާ ރެސްޓޯރެންޓުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ”ބޮންތި“ އިން ކުރި ސުވާލަކާ ގުޅިގެން ހައްޔަރީންގެ ވަކީލުން ދެއްކެވި ވާހަކައިންނެވެ. 

އެގޮތުން ޔޯގާ ހައްޔަރީން ދަނޑުގައި ތިބި ބަޔަކަށް ހަމަލާ ދިން ކަމަށް ދައުލަތުން ބުނާއިރު، އެއްވެސް މީހަކު ޑޮކްޓަރަށް ދެއްކި ތޯ އާއި، މެޑިކަލް ރިޕޯޓެއް ނުވަތަ ފަރުވާއެއް ހޯދައި ތަހުގީގަށް ހުށަހަޅާފައިވާކަން އެނގޭތޯ އާއި، ހައްޔަރީންނާ ދެކޮޅަށް ބަޔާނެއް ދީފައިވޭތޯ ”ބޮންތި“ އިން ކުރި ސުވާލުގެ ޖަވާބުގައި ވަކީލުން ވިދާޅުވީ އެއްވެސް މީހަކަށް އަނިޔާވެގެން ޑޮކްޓަރަށް ދައްކައި، ފަރުވާ ހޯދާފައިވާކަން އެނގެން ނެތް ކަމުގައެވެ. އަދި ހާއްސަކޮށް ހައްޔަރީންނާ ދެކޮޅަށް ބަޔާން ދީފައިވަނީ ފުލުހުން އެކަނިކަން މުއްދަތު މަޖިލީހުގެ އަޑުއެހުންތަކުން ސާފުވާ ކަމުގައެވެ.

”އެކަހަލަ އެއްވެސް ކަމެއް ނުހިނގާ. ބަޔާންތައް ދީފައިވަނީ ފުލުހުން އެކަނި.“ ވަކީލުން ވިދާޅުވިއެވެ.

ޖުމްލަ ގޮތެއްގައި ހުރިހާ ވަކީލުންގެ ފަރާތުންވެސް އެނގިގެން ދިޔައީ އެ މައްސަލައިގައި ހައްޔަރު ކޮށް، މުއްދަތު ޖަހާފައިވާ މީހުންގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާތަކާއި، ހާއްސަކޮށް ތޫނު ހަތިޔާރު ބޭނުންކޮށްގެން ޔޯގާގެ އަހުލުވެރިންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި، ހަމަލާ ދިން ކަމަށް ބުނާ ހެކި ނެތް ކަމެވެ.

”ދިދަތަކެއް ތޫނު ހަތިޔާރަކަށް ބަދަލުވީ ގޮތެއް ދައުލަތަށް ބުނެއެއް ނުދެވޭ. ހަމަލާ ދިނީ ކާކަށް ކަމެއް ކިހިނެއް ކަމެއް ބުނެ ނުދެވޭ.“ ވަކީލުން ވިދާޅުވިއެވެ.

ޔޯގާ ހަރަކާތް ހުއްޓުވަން ދަނޑަށް ވަނުން ސިފަ ކުރަނީ ކިހިނެެއްތޯ އާއި އެއީ ރަނގަޅު ކަމެއްތޯ ”ބޮންތި“ އިން ސުވާލު ކުރުމުން ވަކީލުން ވިދާޅުވީ ދަނޑަށް ވަނުމަށް ފުލުހުން ފުރުސަތު ދިންކަން ފާހަގަކުރައްވާފައެވެ.

One Comment

  1. Fuluhun hekihusha alhaanethaa fuluhun e othee yoagaage hamanujehumah furusathu dhee ekan kuruvaa hurihaa fithunaeh ufadhdhaa eyge ithurun feyli vefaa ehenve maa molhukameh kollaanamey hithaa siyaasee kollee yoagaage massala gandu.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button