ޚަބަރު

ސަޕްލަޔަރުންނަށް ފެނަކައިން ފައިސާ ނުދޭ މައްސަލައިގައި މުޒާހަރާކޮށްފި

ފެނަކަ ކޯޕަރޭޝަނުގެ ސަޕްލަޔަރުންނަށް އެ ކުންފުނިން ފައިސާ ނުދޭތީ، އެ ސަޕްލަޔަރުން ފެނަކަ ކުންފުނި ހުންނަ އިމާރާތުގެ ގޯތިތެރޭގައި މުޒާހަރާކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި މުޒާހަރާގެ ބައިވެރިން އެދުނީ އެމީހުންގެ ފަރާތުން، ފެނަކް ކުންފުނިން ހޯދާފައިވާ އެކި އެކު ހިދުމަތްތަކަށްވާ ފައިސާ ދިނުމަށެވެ.

އޮންލައިން ނޫހެއްކަމަށްވާ ”ދިޔަރެސް“ އިން ރިޕޯޓުކޮށްފައިވަނީ ފެނަކައިން އެ ސަޕްލަޔަރުންނަށް އެތައް މަހެއްގެ މަސައްކަތަށްވާ ފައިސާ ނުދޭކަމަށް މުޒާހަރާގައި ބައިވެރިވި މީހުން ބުނާކަމަށެވެ.

މުޒާހަރާގައި ބައިވެރިވި މީހެއްގެ އަތުގައި އޮތް ޕޯސްޓަރެއްގައި ލިޔެފައިވާ ގޮތުގައި އޭނާ ލައްވާ ކުރުވާފައިވާ މަސައްކަތަކަށްވާ 9،450.897ރ މަސައްކަތްކުރިތާ 7 މަސްވެގެން ދިޔައިރުވެސް ފެނަކައިން ދީފައިނުވެއެވެ.

މީގެ ކުރިންވެސް ފެނަކަ ކުންފުންޏަށް މަސައްކަތްކޮށްދީފައިވާ އެތައް ބައެއްގެ ފައިސާ ނުދީގެންވެސް އެ ކުންފުންޏާ ދެކޮޅަށް މީހުން ޝަކުވާ ކޮށްފައިވެއެވެ. އަދި މައުލޫމާތު ލިބޭ ގޮތުގައި އެ ކުންފުނީގެ މަސައްކަތްތައް ކޮށްދީފައިވާ އެތައް ބަޔަކަށް ފެނަކަ ދަރާފައިވައިރު، ނުދައްކާ ހުރި ޕޭމަންޓު ބިލިއަނަކަށްވުރެ މަތިވާނެއެވެ.

އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރުކަމުން ދާދިފަހަކުން ވަކިކުރި ހުސައިންވެސް ވަނީ ފެނަކަ ކުންފުނީގެ ހިންގުން ބޮއްސުންލާފައިވާކަމަށް ވިދާޅުވެފައެވެ. އެގޮތުން ލ. ގަމުގައި ހުރި އެ ކުންފުނީގެ އިންޖީނުގެއިން ޑީސަލް ހުސްވެގެން އެރަށުން ކަރަންޓު ކެނޑުމާ ގުޅިގެން އަމްރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފެނަކަ ކުންފުނީގެ ހުރިހާ ހަރު މުދަލެއް ވިއްކި ނަމަވެސް، އެ ކުންފުނީގެ ދަރަނިތައް ނުދެއްކޭ ވަރަށް އެ ކުންފުނި ވަނީ ދަރާފައެވެ.

އަދި މީގެ އިތުރުން، އެ ކުންފުނިވަނީ އެސްޓީއޯއަށްވެސް ދަރާފައިކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން އެސްޓީއޯއިން ތެޔޮ ގަތުމަށްފަހު ދައްކަންޖެހިފައި ވާ 1.8 ބިލިއަން ރުފިޔާވާއިރު، މިހާތަނަށްވެސް މިކަންކަމާ ގުޅިގެން އެ ކުންފުނިން އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައިނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button