ޚަބަރުސިޔާސީ

ދަ ޑިމޮކްރެޓްސް އަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން ބިރުދައްކާ މައްސަލަ މަޖިލީހަށް

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިސްވެ އުފެއްދެވި ’ދަ ޑިމޮކްރެޓްސް‘ ޕާޓީއަށް ސޮއިކުރާ މެންބަރުންނަށް ސަރުކާރުން ބިރުދައްކާ ކަމަށްބުނެ، އެކަން ހުއްޓުވުމަށް އެދި މަޖިލީހަށް މައްސަލަ ހުށަހަޅައިފިއެވެ.

މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފް ހުށަހެޅުއްވި މި މައްސަލާގައި ބުނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް 1 ޖޫން 2023 ގައި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމުތަކުގައި ހުރި މަޢުލޫމާތު ސަރުކާރުން ވަގަށް ހޯދާފައިވާ ކަމަށާއި، އެމަޢުލޫމާތު ބޭނުންކޮށްގެން ފޯމު ހުށަހެޅި މީސްމީހުނަށް ގުޅައި ބިރުދައްކަން ފަށާފައިވާ ކަމަށެވެ.

”ސަރުކާރުން އެކަން ހިންގަނީ ފުޅާ ދާއިރާއެއްގައެވެ. ސަރުކާރުގެ މިނިސްޓަރުންނާއ،ި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރީންނާއ،ި ސަރުކާރުގެ އެކިއެކި މަޤާމުތަކުގައި ތިއްބެވި ބޭބޭފުޅުން ވަޑައިގަންނަވަނީ އެ މުޑުދާރު ޢަމަލު ހިންގަވަމުންނެވެ. އެގޮތުން ގުޅުއްވާ ފަރާތްތަކުގެ އަރިހުން ސާފު ކުރަމުން ގެންދަނީ، ގޯއްޗަށް ނުވަތަ ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވޭތޯ، ނުވަތަ ދަރިފުޅު ސްޓޫޑެންޓް ލޯނަށް ހުށަހަޅާފައިވޭތޯ ފަދަ ކަންކަމެވެ. ސަރުކާރުން ގުޅުއްވާ ބޭފުޅުން ޑިމޮކްރެޓްސް އަށް ސޮއިކުރައްވާފައިވާ ބޭފުޅުންނަށް އަންގަމުންދަނީ ސަރުކާރުގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުނީގައި އޮތް ދަރިފުޅުގެ ވަޒީފާގައި އޭނާ ބަހައްޓާން ބޭނުންނަމަ ’ޑިމޮކްރެޓްސް‘ އަށް ކޮށްފައި އޮތް ސޮއި އަނބުރާ ނެގުމަށެވ.ެ އަދި ޑިމޮކްރެޓްސް އަށް ކޮށްފައި އޮތް ސޮއި އެއީ އޭނާ ކޮށްފައި އޮތް ސޮއެއް ނޫންކަމަށް އިލެކްޝަންސް ކޮމިޝަންގައި ބުނުމަށްވެސް ދަނީ އެ ފަރާތްތަކުން އަންގަމުންނެވެ.“ ހަސަން ލަތީފް ގެ މައްސަލައިގައި ބުނެފައިވެއެވެ.

އެ މައްސަލަ ހުށަހަޅުއްވަމުން ޙަސަން އިތުރަށް ވިދާޅުވީ އެކަންކަމަކީ، އެމްޑީޕީ އުފެއްދި މަޤްޞަދުތަކާއި އެޕާޓީން ވަކާލާތު ކުރަމުން ދިޔަ ހަމަތަކާއި އުޞޫލުތަކާ ދިމާ އިދިކޮޅު ޢަމަލުތަކެއް ކަމަށާ، އެއީ އެމްޑީޕީ އުފެއްދުމަށް މަސައްކަތްކުރިއިރު، އެމްޑީޕީ އުފެދުނަ ނުދިނުމަށް އޭރު އޮތް ސަރުކާރުން އެމްޑީޕީ އުފެއްދުމުގެ މަސައްކަތް ކުރެއްވި ބޭބޭފުޅުންނާ ކުރިމަތި ކުރުވި ކަންކަން ކަމަށެވެ. އަދި އެކަންކަން ކުރުމުގައި މިހާރު އިސްވެ ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިހު ކަމަށްވާތީ ލަދުވެތިވާ ކަމަށްވެސް ޙަސަން ވިދާޅުވިއެވެ.

މިއާއެކު ޙަސަން ލަތީފް ވަނީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ސޮއިކުރެއްވި މެންބަރުން ސާބިތުކަމާއެކު ދެމި ތިބުމަށާއި ބިރުފަހަނައަޅާ ދިޔުމަށް އެދިފައެވެ. އަދި ދަ ޑިމޮކްރެޓްސް އުފެއްދުމަށް ސޮއިކޮށްފައިވާ ފަރާތްތަކަށް ސަރުކާރުން އެއްވެސް މިންވަރަކަށް ބިރު ނުދެއްކުމަށްވެސް ޙަސަންވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.

One Comment

  1. Kalo Hasanaa thiya ee aamu kame nu kalo men veri kama ais fa yaameen ah campaign koh dhinee ye kiyaa fa company thaku ge aadhaige muvazzafun ves vanee vazeefa in vaki koffa mihaaru kon vaahaka eh sarukaaraa dhe kolhu vaa nama siyaa see magaam thakuga thibi en men ham vaki kuran vee

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button