ޚަބަރު

އަނިޔާވެރި ގަތުލުގެ ތުހުމަތުގައި ޝިއާއުގެ ގާތިލުގެ މައްޗަށް 5 ދައުވާއެއް އުފުލައިފި

އަނިޔާވެރިގޮތަކަށް ހ. ޝީރީންވިލާގޭގައި މަރާލާފައިއޮއްވާ ފެނުނު، ޝިއާއު މުހައްމަދު ސައީދުގެ ގަތުލާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު އަލީ ޝާހިލުގެ މައްޗަށް ދައުލަތުން 5 ދައުވާއެއް ކޮށްފިއެވެ.

ޝިއާއު ގަތުލުކޮށްފައިވަނީ އޭނާގެ ހަށިގަނޑަށް ވަރަށް ބޮޑެތި އަނިޔާތަކެއް ދީގެންކަމަށް މައުލޫމާތު ލިބިފައިވާއިރު އެ އަނިޔާތަކުގެ ތަފްސީލް އިތުރަށް މީސްމީޑިޔާގައި ހާމަނުކުރަން ޝީއާއުގެ އާއިލާއިން އެދިފައިވެއެވެ.

ޝާހިލުގެ މައްޗަށް ފްރޮސިކިއުޓަރ ޖެނެރަލް އޮފީހުން ދައުވާކުރަން ފޮނުވި 5 ދައުވާގެ ތެރޭގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އާއި، އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ އަދި ކެނަބިސް ބޭނުންކުރުމުގެ ކުށުގެ ދައުވާ ހިމެނެއެވެ. ދެން އޭނާގެ މައްޗަށް ކުރި ދައުވާތަކުގެ ތަފްސީލެއް ޕީޖީ އޮފީހުން ހާމައެއް ނުކުރެއެވެ.

އަދި އެ ހާދިސާއަށްފަހު މިއަދާހަމައަށްވެސް އެ މައްސަލައިގެ ތަހުގީގު ކުރިއަށްދާ ގޮތާ ގުޅޭ އެއްވެސް މައުލޫމާތެއް ފުލުހުން ހާމަކޮށްފައި ނުވެއެވެ. ނަމަވެސް ބައެއް މީޑިއާ ތަކުން ބުނާގޮތުގައި ޝާހިލުގެ މާބޮޑު އެއްބާރުލުމެއް މި ކަމުގައި ފުލުހުންނަށް ލިބިފައިނުވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button