ރިޕޯޓް

ޤައުމު ސިއްސުވާލި ބޮޑުމަރު، ވަލިއްޔުލް އަމުރު ކޮބާ؟

މިމަހުގެ ހަވަނަ ދުހުގެރޭ މުޅި ޤައުމުގެ ސިއްސުވާލީ ބިރުވެރި މަރުގެ ހަބަރަކުންނެވެ. އެއީ ހ.ޝީރީން ވިލާގެ 9 ވަނަ ފަންގި ފިލާގައި އިހާނެތިކޮށް މަރާލައިފައިވާ ފުވައްމުލައްސިޓީ/މާލެގަން ޝިއާއު މުހައްމަދު ސަޢީދުގެ މަރުގެ ހަބަރެވެ.

ޝިއާގެ ހަށިގަނޑާ ބައެއް ގުނަވަންތައް ބުރިކޮށްލާފައިވަނީ ގޮތް ކުޑަކަމާއި، ހަޔާތް ކުޑަކަމުގެ އިންތިހާ ޖާހިލެކެވެ. އަދި މިހާދިޘާ ހިނގާދިޔައިރު ކުށްވެރިޔާ ކަމަށް ޝައްކުކުރެވޭ ފ.ނިލަންދޫ ފިނިފެންމާގެ، އަލީ ޝާހިލް، ހުރީމަސްތު ހާލުގައި ކަމަށް ފުލުހުން ބުންޏެވެ. މި އިހާނެތި މަރާގުޅޭ ގޮތުން އެކި ބޭފުޅުންގެ ޚިޔާލު މީސްމީޑިއާގައި ހިއްސާކޮށްފައިވާއިރު، ޝާހީލްގެ ޢާއިލައިން ވެސް ބޭނުންވަނީ އޭނާގެ މައްޗަށް ކުށް ސާބިތު ވެއްޖެނަމަ މަރުގެ އަދަބުދޭށެވެ. އަދި ޝިއާއުގެ ޤާތިލެއް ކަމަށް ތުހުމަތު ކުރެވޭ ޝާހިލް ވަނީ ޝަރީޢަތް ނިމެންދެން ބަންދު ކޮށްފައެވެ.

ޝިއާއުގެ މަރަށް 5 ދުވަސް ވެފައިވާއިރު ޤައުމުގެ ވަލީއުލް އަމުރުގެ ފަރާތުން ހަބަރެއް ވެފައި ނުވާއިރު، ޢާއިލާއަށް ތަޢުޒިޔާގެ މެސެޖެއް ވެސް ފޮނުވާފައި ނުވެއެވެ. ރައީސް އިބްރާހީމް އިބުރާހިމް މުހައްމަދު ޞޯލިހު ވެރިކަމަށް ވަޑައިގަންނަންވެސް އަދި ވަޑައިގަތުމަށްފަހުވެސް ރައްޔިތުންނަށް އެއްމެ ބޮޑަށް ދަށްކަވަމުން އައީ އެމަނިކުފާނަކީ ހިތްތިރި އޯގާތެރި ވެރިއެއްގެ ގޮތުގައެވެ. ނަމަވެސް މިވަރު ބޮޑު ކަމެއް ހިނގާ ދިޔައިރު އޯގާތެރި ހިތްތިރި ރައީސް ކޮބައިތޯއެވެ؟

ނިކަމެތިންނަށް ވަކިގޮތެއް ހެއްދެވުން އެއީ ރައްޔިތުނަށް އޯގާވެރި ވުންތޯ؟ ރައްޔިތުންނަށް އޯގާތެރި ރަޢީސްގެ ސިފަފުޅަކީ މީތޯވެސް ބައެއް އާންމުން މީސްމީޑިއާގައި ސުވަލު އުފައްދަމުން ދެއެވެ. އަދި ތަކުރާރުކޮށް ރައްޔިތުންނާ ގާތުން ވެރިކަން ކުރާ ވެރިއްއް ގޮތަށް ވިދާޅުވިނަމަވެސް އެކަން އެގޮތަށް ހިނގަމުން ނުދާކަން ފާހަގަ ކުރެވެއެވެ.

ކޮންމެއަކަސް ޝިއާއުގެ މަރާގުޅިގެން އެއްޗެއް ވިދާޅުނުވިތަނުގައި ”ދުލެއްނުކުރާނަން“ ޖައްސަވައި ޓުވީޓެއް ކުރައްވަންވެސް ރައީސް ސޯލިހަށް އެނގިވަޑައިގަތް ކަމަކަށް ނުވިއެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

Back to top button