ޚަބަރު
ހިލޭ ޑިގްރީގައި ބައިވެރިވި ދަރިވަރުން މަގުމަތިކޮށްލައި ލާރިކޮޅުވެސް ”ފެލާލަން“ ނިންމައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ކަމަށްވާ ހިލޭ ޑިގްރީއަށް ކިޔެވުމުގެ ފުރުސަތުގެ ދަށުން އެ ސްކީމްގައި ބައިވެރިވި ދަރިވަރުން މަގުމަތިކޮށްލައި، ދިން ފައިސާ އަތުލަން ނިންމައިފިއެވެ.
މި ސްކީމާ ގުޅޭ އާ އުސޫލުގައިވާގޮތުން ސަރުކާރުން ހަރަދުކޮށްގެން ކިޔަވަން ފެށުމަށް ފަހު، މަގުބޫލު އުޒުރެއް ނެތި ކޯސް ހުއްޓާލައިފިނަމަ، ކޯހަށް ދިޔަ ހަރަދު އަނބުރާ ސަރުކާރަށް ދައްކަން ޖެހޭނެއެވެ. އެގޮތަށް އަމަލު ނުކޮށްފިނަމަ، ދަރިވަރުންނާއިމެދު ގާނޫނީ ފިޔަވަޅު އެޅޭނެއެވެ. އަދި ކޯހުން ފެއިލްވެއްޖެ ހާލަތެއްގައި ފައިސާ ނުދައްކައިފިނަމަވެސް ޝަރީއަތުން އެ ފައިސާ ހޯދާނެއެވެ.
އެހެން ނަމަވެސް ކޯހުން ފެއިލް ނުވެ ބަރާބަރަށް ކިޔެވުން ކުރިޔަށް ދާނަމަ އެއްވެސް ބިރެއް ނެތެވެ.