ޚަބަރުސިޔާސީ

ރޮޒޭނާގެ ރައްދު ނަޝީދަށް: ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަކީ ޤައުމަށް އެންމެ ރަނގަޅުގޮތް

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހު ދެވަނަ ދައުރަކަށް ރާއްޖޭގެ ވެރިކަމަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއްނޫން ކަމަށް އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވުމާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ  ދާއިރާގެ މެމްބަރު ރޮޒޭނާ ނަޝީދު އަށް ރައްދު ދެއްވައިފިއެވެ.

ބުރާސްފަތި ދުވަހުގެރޭ ”އާސްކް ސްޕީކަރ“ ގެ 5 ވަނަ ޕްރޮގްރާމްގައި ބައިވެރިވެ ވަޑައިގެން އާންމު ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ކުރިމަތިލެއްވުން އެއީ އެމްޑީޕީއަށް ރަނގަޅު ގޮތެއްނޫން ކަމަށެވެ.

ނަޝީދުއަށް ރައްދު ދެއްވަމުން ރޮޒޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހު ދެވަނަ ދައުރަކަށް ހޮވުމަކީ އެމްޑީޕީ އަށްވެސް އަދި ޤައުމަށްވެސް އޮތް އެންމެ ރަނގަޅުގޮތް ކަމަށެވެ.

ރޮޒޭނާ އިތުރަށް ވިދާޅުވީ ރަނގަޅު ހެޔޮލަފާ ވެރިޔަކު ލިބުމުން އެމީހަކަށް ދެވަނަ ދައުރެއް ދޭންނުޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށާއި، ފެހި ޤާނޫނު އަސާސީ އާއިއެކު އެންމެ އަމާން ވެރިކަމެއް ކޮށްދެއްވީ ރައީސް ސޯލިހު ކަމަށެވެ. މިއާއި އެކު އޭނާ ވިދާޅުވީ ބޭނުންވަނީ ހަމަޖެހުމަށް ލޯބި ކުރާ ވެރިއެއް ކަމަށެވެ.

ރޮޒޭނާ މިފަދައިން ވިދާޅުވެފައި ވީނަމަވެސް ފަހުގެ ތާރީޚެއްގައި ދިވެހި ރާއްޖެ އެންމެ ހަލަބޮލި ވެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ސޯލިހުގެ ސަރުކާރުގައިކަން ފާހަގަކޮށްލެވެއެވެ.

އެގޮތުން އަވަށްޓެރި އިންޑިއާ އާއިއެކު ދިވެހި ރާއްޖޭގެ ޤައުމީ ސަލާމަތަށް ނުރައްކާވާނެ އެތަކެއް އެއްބަސްވުންތަކެއް ހައްދަވާ ރައްޔިތުންގެ މެދުގައި އިންތިހާ ދަރަޖައަށް ނުތަނަވަސްކަން އުފެއްދި ވެރިއެއްގެ ގޮތުގައި ރައީސް ސޯލިހު ފާހަގަ ކުރެވިފައިވެއެވެ.

މީގެއިތުރުން ކުރު މުއްދަތެއްގައި އެންމެ ގިނަ އަދަދަކަށް ސިޔާސީ ފަރާތްތައް ހައްޔަރުކުރި ވެރިކަމަކީވެސް ރައީސް ސޯލިހުގެ ވެރިކަން ކަމުގައި ތަފާސް ހިސާބުތަކުން ދައްކައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button