
ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައި އޮތް ކަމަށް އިދިކޮޅުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހާމަކުރުމުން ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ރޮޒެއިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.
ރޮޒެއިނާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުން މަޖިލިސް ހިސޯރުކޮށްފައި އޮތް ކަމަށް އިދިކޮޅުން ބުނާ ބުނުމަކީ، އިދިކޮޅު މެންބަރުންނަށް މަޖިލީހަށް އަލަށް ވަދެވިގެން އުޅުއްވާތީ ހީވާ ހީވުމެއް ކަމުގައެވެ.
Majleehah alah vadhevigen ulheythee heevaa ehchehi thee. Majleehuge maigandu masakkaiythah kuraanee committee thakuga. Thalhumuga foni angathelhun eyee majleehuga hinga enme beykaaru kanthah. https://t.co/XLLxhvZ1ws
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) May 18, 2022
މަޖިލީހުގައި ކުރާނެ މަސައްކަތެއް ނެތް ކަމަށް އިދިކޮޅުން ފާހަގަކުރުމުން ރޮޒެއިނާ ވިދާޅުވީ މަޖިލީހުގެ މައިގަނޑު މަސައްކަތް ހިނގަނީ ކޮމެޓީތަކުގައި ކަމުގައެވެ. އެއާ ހިލާފަށް ތަޅުމުގައި ފޮނި ވާހަކަ ދެއްކުމަކީ ބޭކާރު ކަމެއްގެ ގޮތުގައި ރޮޒެއިނާ ސިފަކުރެއްވިއެވެ.
މެންބަރު ރޮޒެއިނާ މިފަދައިން ވިދާޅުވެފައިވާއިރު، އިދިކޮޅުން ވަނީ މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ބާރު ކަނޑުވާލައިފާކަމަށް ބުނެފައެވެ. އެކަމުގެ ފަހަތުގައި ހުންނެވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަމާއި، އެމްޑީޕީގެ އެތެރޭގެ އިންތިހާބަށްފަހު ރައީސް ނަޝީދު މަޖިލިސް ރައީސް ކަމުން ބޭރުކޮށްލުމަކީ ވުން ގާތްކަމެއްގެ ގޮތުގައިވެސް އިދިކޮޅުން ދެކެއެވެ.
ރޮޒެއިނާ އަކީ ރައީސް ސޯލިހު ފަޅީގައި މަސައްކަތް ކުރާ މެންބަރެކެވެ.