ރޮޒެއިނާގެ ފާޑުކިއުން ރައީސް ސޯލިހުގެ ނިންމެވުމަކަށް
ކޯވިޑް-19ގެ ހާލަތު މާލެ ސަރަހައްދުގައި ރަނގަޅު ވުމާއެކު ދިން ލުއިތަކާއި އެކު ދަތުރުފަތުރު ކުރެވޭނީ ބަލިން ރަނގަޅު ވެފައިވާ މީހުނަށް އެކަނި ކަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ކަނޑައެޅުއްވުމާ ގުޅިގެން އެކަމަށް އައްޑު މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ފާޑުވިދާޅުވެއްޖެއެވެ.
ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ޖެހި ރަނގަޅުވެފައި ތިބި މީހުންނަށް ދަތުރު ފަތުރު ކުރެވޭ ކަމުގައި ވާނަމަ، ވެކްސިނުގެ 2 ޑޯޒް ހަމަކޮށްފައި ތިބި މީހުންނަށް ވެސް ދަތުރު ކުރެވެން ޖެހޭނެކަމަށެވެ. އެމީހުންނަށް ދަތުރު ނުކުރެވޭކަމުގައި ވާނަމަ ވެކްސިން ޖެހުމުގެ ބޭނުމަކީ ކޮބައިތޯ ރޮޒެއިނާ ވަނީ ސުވާލު އުފައްދާފައެވެ.
If people who got covid can travel, then people who got 2 doses of vaccine and completed the waiting period should be able to travel. Otherwise what is the point of getting vaccinated?
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) June 29, 2021
ޖުލައި މަހުގެ 1 އިން ފެށިގެން ކޯވިޑު ޖެހި، ރަނގަޅުވެފައި ތިބޭ މީހުންނަށް ދަތުރު ކުރެވޭނެކަން އިއުލާން ކުރެއްވީ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހެވެ.
ރޮޒެއިނާ ގެ އިތުރުން އާންމުންގެ އެތަށް ބަޔަކުވެސް އަންނަނީ މިކަމާއި ގުޅިގެން ސަރުކާރަށާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އަށް ފާޑުކިޔަމުންނެވެ.