
ރ.ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އިބްތިދާއީ މަރުޙަލާގެ ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައިގެ އަޑުއެހުން އަންނަ އާދީއްތަ ދުވަހުގެ 12:45 އަށް ތާވަލު ކޮށްފިއެވެ.
އެއީ އެ މައްސަލަ ސާބިތު ކުރަން ދައުލަތުން ހުށަހެޅި ހެކިތަކާ ގުޅޭގޮތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކޮށްފައިވާ މައްސަލައެކެވެ. އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ރައީސް ޔާމީންގެ ފަރާތުން ހުށަހެޅުއްވީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ޒިޔާތު ހިމެނޭހެން ދައުލަތުގެ ގިނަ ޝަފަހީ ހެކިތަކެއް ބަލައި ނުގަތުމަށެވެ. މީގެ އިތުތުން ފުލުހުންގެ ތަހުގީގު ބަޔާންތަކާއި ލޮގްތަކެއް ހޯދަންވެސް ޔާމީންގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލައިގައި ވެއެވެ.