ޚަބަރު

ހަންޏާމީދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ފަށައިފި

އދ.ހަންޏާމީދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު އެމްޓީސީސީ އިން ފަށައިފިއެވެ.

މިކަން ހާމަކުރައްވާ މިއަދު އެ ކުންފުނިން ކުރި ޓުވީޓެއްގައި ވާގޮތުން އެރަށު ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތް ވަނީ ފެށިފައެވެ. އަދި މިހާރު ކުރިޔަށްދަނީ ދޯނި އެހެލާ ސަރަހައްދު ފުންކުރުމުގެ މަސައްކަތެވެ.

މި މަޝްރޫއުގެ ދަށުން، 6،363.1 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަހައްދެއްގައިބޭރު ތުށި ލުމާއި، 266 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ކުރިޔަށްދާނެއެވެ. މީގެ އިތުރުން 160 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، މަގު ބަައްތި ހަރުކުރުމުގެ އިތުރުން 1،330 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމުގެ މަސައްކަތް މި މަޝްރޫއުގެ ދަށުން ކުރިއަށް ދާނެއެވެ.

މި މަޝްރޫއަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button