ދިވެހިރާއްޖޭގެ ވެރިކަމަށް އަންނަން ޖެހޭނީ ހިދުމަތް ތެރިއެއް ކަމަށާއި، އެކަމަށް ކުފޫ ހަމަވާކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.
ޖާބިރު މިހެން ވިދާޅުވީ ކްލަބް ހައުސް މެދުވެރިކޮށް ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ ވެރިކަމަށް އަންނަން ޖެހޭނީ ގައުމަށް ހިދުމަތް ކުރާށެވެ. ވެރިންނަކީ ރައްޔިތުން ކަމަށާއި، ވެރިމީހާއަކީ ރައްޔިތުންނަށް ހިދުމަތް ކޮށްދޭން ހުންނަ މީހެއްކަން ޖާބިރު ފާހަގަކުރެއްވިއެވެ.
2023 ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ޖާބިރު ވަނީ ނިންމަވާފައެވެ. އޭނާ ވިދާޅުވީ ހުވަދު އަތޮޅުގައި ޕްރޮޖެކްޓްތައް ހިންގާފައި ހުންނާނެ ކަމަށެވެ. އެކަމަކު އެކަމުގެ ތަފްސީލެއް ނުދެއްވައެވެ. ޖާބިރު ވިދާޅުވިގޮތުގައި އޭނާ އިންތިހާބު ކުރަންޖެހެނީ ރާއްޖޭގެ އެންމެ ބޮޑު ރިސޯޓު އޮޕަރޭޝަން ހިންގައި އަލަށް 5 ރިސޯޓެއް ހުޅުވުމުގެ މަސައްކަތް ކުރައްވާތީ ކަމަށެވެ.
ޖާބިރު ވިދާޅުވީ މިހާރު ގައުމު ”ނުހިނގާ“ ކަމަށެވެ. އަދި ހިދުމަތްތެރިން މިހާރު ނޫޅޭކަމަށާއި، އޭނާ ބޭނުންވަނީ ގައުމު ހިންގަންކަމަށެވެ.