ޚަބަރު

ސަރުކާރުން ޓީ ބިލް ވިއްކަން ހުޅުވާލައިފި

ސަރުކާރުން 3.3 ބިލިއަން ރުފިޔާގެ ޓްރެޒަރީ ބިލް ވިއްކަން ހުޅުވާލައިފިއެވެ.

ފިނޭންސް މިނިސްޓްރީ އިން ވިއްކަން އިއުލާންކޮށްފައިވަނީ ހަތަރު ޓީބިލެކެވެ. އޭގެތެރޭގައި ހިމެނެނީ 445 މިލިއަން ރުފިޔާގެ ޓީބިލާއި 262.7 މިލިއަން ރުފިޔާގެ ޓީބިލެވެ. އޭގެތެރެއިން 445 މިލިއަން ރުފިޔާގެ ޓީބިލަކީ 28 ދުވަހުން އަނބުރާ ދެއްކަން ޖެހޭ ޓީބިލެކެވެ. އަދި 262.7 މިލިއަން ރުފިޔާގެ ޓީބިލަކީ 98 ދުވަހުން އަނބުރާ ދައްކަންޖެހޭ އެއްޗެކެވެ. އަދި 970.8 މިލިއަން ރުފިޔާގެ ޓީބިލެއް 182 ދުވަހުން އަނބުރާ ދެއްކުމަށް ހުޅުވާލާފައިވާއިރު 364 ދުވަހުގެ ތެރޭގައި އަނބުރާ ދައްކާގޮތައް 1.69 ބިލިއަން ރުފިޔާގެ ޓީބިލެއް ވިއްކަން އިއުލާނުކޮށްފައިވެއެވެ.

ސަރުކާރުގެ ގިނަ ޓީބިިލްތައް ގަންނަނީ ޕެންޝަން ފަންޑާއި ސަރުކާރުގެ ކުންފުނިތަކުން އަދި ބައެއް ބޭންކު ތަކުންނެވެ. އަދި މިގޮތުން 13.5 ބިލިއަން ރުފިޔާ ޓީބިލްތަކަށް ރާއްޖޭގެ ޕެންޝަން ފަންޑުން އިންވެސްޓްކޮށްފައިވާކަމަށް މިދިއަ ބުދަދުވަހު ޕެންޝަން ފަންޑުގެ ސީއީއޯ ސުޖާތާ ހަލީމް ވިދާޅުވިއެވެ.

ޓީބިލްތަކުގެ އިންޓްރެސްޓް ރޭޓުގެ ގޮތުގައި 3.50 އިންސައްތަ އާއި 4.60 އިންސައްތައާ ދެމެދު ކަނޑައަޅާފައިވާއިރު ޓީބިލްގެ ސެޓަލްމަންޓް ދުވަހެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.

ސަރުކާރުން މީގެ ކުރިންވެސް ދައުލަތުގެ ދުވަހުން ދުވަހައް ކުރަންޖެހޭ ހަރަދުތައް ފޫބެއްދުމަށްޓަކައި ވަނީ މިގޮތަށް ޓީބިލްތައް ވިއްކާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

އިތުރު ކިޔާލުމަށް
Close
Back to top button