ޚަބަރު

އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ފަރާތްތަކަށް އެހީތެރިވެދިނުމަށް ޕީޕީއެމުން ގޮވާލައިފި

ރޭ މާލޭގައި އަލިފާނުގެ ހާދިސާއެއް ހިނގި ހަބަރު އަޑު އެހީނުހަނު އަސަރާ ހިތާމައާއެކީ ކަމަށާއި، އެ ހާދިސާގައި ހާލުގައި ޖެހިފައި ވާ އެންމެހާ ފަރާތްތަކަށް އެހީތެރި ވުމަށް ޕީޕީއެމް، ޕީއެންސީ ކޯލިޝަނުން ގޮވާލައިފިއެވެ.

އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސްބަޔާނެއްގައި ވަނީ ހިތާމަވެރި ހާދިސާގައި ނިޔާވި އެންމެހާ އާއިލާތަކަށް ތައުޒިޔާ ވަނީ ކިޔާފައެވެ.

މިފަދަ ހާދިސާތަކަކީ އެ ކޯލިޝަނުން ނުހަނު ކަންބޮޑުވާ ކަންކަން ކަމަށާއި، މިކަން މިއަދު ހަނދާން ކޮށްލާފައި މާދަމާ ހަނދާން ނައްތާލުމަކީ ކޮށްގެން ވާނެކަމެއް ނޫންކަމަށް ވެސް އެބަޔާނުގައި ވަނީ ބުނެފައެވެ. މިހާދިސާގެ ތަހުގީގެއް ކޮށް މިކަންކަން ތަކުރާނުވާނެ ރަނގަޅު އުސޫލެއް ކަންޑައެޅުމަށް ވަނީ ގޮވާލާފައެވެ.

އަލިފާން ނިއްވުމުގައި ހަރަކާތްތެރިވި ދިވެހި ސިފައިންނާއި ފުލުހުންގެ ހިތްވަަރަށް އިދިކޮޅުން ވަނީ ތައުރީފް ކޮށްފައެވެ. ދިވެހި ފުލުހުންނާ ސިފައިންނަކީ މިގައުމަށް ދިމާވާ އަދި ދިވެހި ރައްޔިތުންނަށް ދިމާވާ ކޮންމެ ފަދަ ކަމެއްގައިވެސް ތިބޭ ކަމީ ނުހަނު އުފާވާކަމެއް ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.

މާލޭގައި 2019 ގައި ވެސް އަލިފާނުގެ ނުރައްކާތެރި ބޮޑު ހާދިސާއެއް ހިނގާފައިވެ އެވެ. އެ ހާދިސާގައި އަންހެނަކު ފިހިގެން މަރުވެފައިވެ އެވެ. ރޭ ރޯވި ގަރާޖަކީ ކުރިން ވެސް އަލިފާނުގެ އެތައް ހާދިސާއެއް ހިނގާފައިވާ ތަނެކެވެ. އަދި މިއީ މިހާތަނަށް ފަހުގެ ތާރީހެއްގައި ރާއްޖޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި، އެންމެ ގިނަ ބަޔަކު މަރުވި ފަހަރެވެ. މި ހާދިސާގައި 10 ބިދޭސީން ވަނީ މަރުވެފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button