ޚަބަރު

ޖަވާބުދާރީވާން ކެރިވަޑައިނުގަތުމުން ރިފްޢަތަށް ފާޑުކިޔުން

ޗާގޯސް ކަނޑުގެ ފުށުއަރާ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި ރާއްޖޭގެ ކަނޑުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑު ބައެއް ވިއްކާލިކަމަށް ބުނެ މަޖިލީހަށް ހުށަހެޅު ބަންޑާރަ ނާއިބު އިބްރާހިމް ރިފްޢަތު ގެ އިތުބާރު ނެތް ކަމުގެ މައްސަލައަށް ޖަވާބުދާރީވުމަށް އޭނާ އަށް މަޖިލީހަށް ހާޒިރުވެވަޑައިގަންނަން ކެރިވަޑައި ނުގަތްް މަޖިލީހަށް ލިޔުމުން ޖަވާބު ފޮނުއްވުމުން ރާއްޖޭގެ ޤާނޫނީ ދާއިރާގެ ފުންނާބު އުސް ފަރާތްތަކެއްގެ ފާޑުކިޔުން އަމާޒު ވެއްޖެއެވެ.

ރިފްޢަތު ޢަމަލު ކުރެއްވި ގޮތާއި ގުޅިގެން ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވީ މަޖިލީހުގެ މަސްއޫލިއްޔަތަށް ހުރަސްއެޅުމުގެ ބާރު ބަންޑާރަނައިބަށް ލިބިގެން ނުވާކަމަށެވެ.

ރ. އަހުމަދު އަބްދުالله ދީދީ މިފަދައިން ވިދާޅުވީ، ބަންޑާރަނައިބުގެ ނިންމުންތަކާމެދު މަޖިލީހަށް ގޮތެއް ނިންމޭނެކަމަށް މިހާރުގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު ދެކެވަޑައި ނުގަންނަވާ ކަމަށް ހަބަރު ފެތުރުމާ ގުޅިގެންނެވެ.

”ތިޔަ ވާހަކަތަކަކީ މަޖިލީހުން މަނިކުފާނުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ތާވަލުކޮށް ހިންގާ އިޖުރާއާތަށް ހުރަސް އެޅުމުގެ ނިޔަތުގައި ދައްކަވާ މައުޟޫޢުން ބޭރު ވާހަކަ،“ ޑރ. އަހުމަދު އަބްދުالله ދީދީ ވިދާޅުވިއެވެ.

ބަންޑާރަނައިބު އިބްރާހިމް ރިއްފަތުގެ އިތުބާރުނެތްކަމުގެ މައްސަލައިގައި ޖަވާބުދާރީ ވާން ވަޑައިނުގެންނެވީ ފިނޑިކަމުން ކަމަށާއި، ދެން އެންމެ ރަނގަޅު ގޮތަކީ އަވަހަށް އިސްތިއުފާދެއްވުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުޙައްމަދު ލަތީފު (ސެންބެ) ވެސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ނައިފަރު ދާއިރާގެ މެމްބަރު ޝިޔާމް ވިދާޅުވީ މަޖިލީހަށް ހުށަހަޅާފައިވާ ބަންޑާރަނައިބު އިބްރާހީމް ރިފްއަތުގެ އިތުބާރުނެތްކަމުގެ މައްސަލައާ ގުޅިގެން އޭނާއަކީ މައުސޫމް ބޭފުޅެއްކަން ހާމަކުރައްވަން ލިބުނު ފުރުސަތުގައި ވަޑައިނުގަތީ ކީއްވެތޯ ސުވާލު އުފައްދަވާފައެވެ.

މި މައްސަލައަށް މަޖިލީހަށް ހާޒިރު ވެގެން ނުވަތަ، ލިޔުމުން ޖަވާބުދާރީވުމަށް ރިފްޢަތު އަށް މަޖިލީހުން އަންގާފައިވާއިރު، މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ބަންޑާރަ ނާއިބު އަށް ލިބިގެންވާ އިޚްތިޔާރުގެ ދަށުން އެބޭފުޅާ ނިންމެވީ ލިޔުމުން ޖަވާބު ފޮނުއްވަން ކަމަށެވެ.

އެއާއެކު ބަންޑާރަނައިބު މަޖިލީހަށް ޖަވާބުދާރީވެލައްވަން ޖެހިވަޑައިގަންނަވާ ގޮތާއި ގުޅިގެން މެމްބަރުންގެ މެދުގައި ޚިޔާލުތަފާތުވެ ޙައްލު ނުކުރެވުމުން ރިޔާސަތުން ވަނީ އެ މައްސަލަ މަޑުޖައްސާ ސުޕްރީމް ކޯޓުގެ ލަފާ ހޯދައިގެން ކުރިއަށް ގެންދިއުމަށް ނިންމާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button