
ކުޑަގިރީގައި މަސްވުވާތަކެތި ބޭނުންކުރަން ހާއްސަ 2 ތަން ހުންނާނެކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މާލެ ސަރަހައްދުގައި ދިރިއުޅޭ މީހުން ދަތުރު ދިޔުމަށް ހާއްސަކޮށްގެން ސަރުކާރުން ތަރައްގީ ކުރި ”ކުޑަގިރި“ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިއަދު ކުރިއަށްދިޔަ މި ރަސްމިއްޔާރުގައި ރައީސް އިބްރާހިމްގެ ދެކަނބަލުންނާއި، އެމަނިކުފާނުގެ ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
”މިރަށް މިހާރު ހުޅުވިގެންދާއިރުގާ، މިވަނީ އަޅުގަނޑުގެ ހިތުން، މުޅިން ދެ ސްޓޮޕެއް، ހަމައެކަނި އެއީ، ސް.. މަސްތުއާ..ސިގިރެޓު.. ދުންފަތުގެ އިސްތިއުމާލުކުރުމަށް އެކަނި ހާއްސަ ކުރެވިފާ އިންތަނަކަށް ހަދާފަ“ ރައީސް އިބްރާހިމް ވިދާޅުވެފައިވެއެވެ.