ޚަބަރުސިޔާސީ

84 މިލިއަން ރުފިޔާގެ ޚަރަދަކާއެކުވެސް އަމީނީމަގުގެ މަސައްކަތް ކުރިއަށް ދަނީ އިންތިހާއަށް ލަސްކޮށް: މޭޔަރު

84 މިލިއަން ރުފިޔާގެ ޚަރަދަކާއެކުވެސް އަމީނީމަގުގެ މަސައްކަތް ކުރިއަށް ދަނީ އިންތިހާއަށް ލަސްކޮށް، ރައްޔިތުންނަށް ދާއިމީ ކޮށް ދަތިވާނެގޮތަކަށް ކަމަށް މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒުކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ، އަމީނީމަގު ހަދަމުންދާއިރު، މަގުގެ ފުޅާމިނުން 3 ފޫޓު 2 އިންޗް ހަނިކޮށް ހަދާ ހެދުމަށް އެއްވެސް ބަދަލެއް ނާންނަކަމަށާއި، މިކަމުގެ ސަބަބުން ދަތުރު ފަތުރު ކުރުމަށާއި އެ މަގުގައި ދެކޮޅަށް ދުއްވުމަށް ދާއިމީ ދަތިތަކެއް ކުރިމަތިވެގެންދާނެކަމަށެވެ.

”އަމީނީ މަގުގެ މަސައްކަތް އިންތިހާއަށް ލަސްކޮށް، އަދި އެހާމެ އަގުބޮޑުކޮށް (39މިލިއަން އިން 84 މިލިއަނަށް)، ހަދަމުންދާއިރު، މަގުގެ ފުޅާމިނުން 3ފޫޓު 2އިންޗި ހަނިކޮށް ހަދާ ހެދުމަށް އެއްވެސް ބަދަލެއް ނުގެނައުމަކީ ޕަބްލިކް ޓްރާންސްޕޯޓު ބަސްތައް އަދު 2 ވޭ ޓްރެފިކަށް ކުރިމަތިވާ ދާއިމީ ދަތިކަމެއް. “ މޭޔަރު މުއިއްޒު ވިދާޅުވެފައިވެއެވެ.

ނަމަވެސް މުއިއްޒުގެ ޓްވީޓަށް މީހަކު ކޮމެންޓުކުރަމުން ބުނީ އަމީނީ މަގު ހެދިޔަނުދީ، އެ ޕްރޮޖެކްޓު ހުއްޓުވައިގެން އުޅުއްވީ މުއިއްޒު އަމިއްލަފުޅަށް ކަމަށެވެ. މި ކޮމެންޓަށް ރައްދުދެއްވަމުން މުއިއްޒު ވިދާޅުވެފައިވަނީ އެއީ ކަނޑައެޅިގެން ދޮގެއްކަމަށާއި، އަމީނީ މަގު ހެދުމުގެ މަޝްރޫއު ހުއްޓުވީ ސަރުކާރުން ކަމަށެވެ. އެ މަޝްރޫއާއިގެން ކުރިއަށް ދިޔުމަށް، ސިޓީ ކައުންސިލަށް އެއްވެސް ގޮތެއް ދައްކާފައިނުވާކަމަށާއި، 1 އަހަރަށްވުރެ ގިނަ ދުވަސް ވަންދެން އެ މަޝްރޫއުގެ މަސައްކަތް ހިފަހައްޓާވައިވާއިރު، މަޝްރޫއު ކެންސަލްކޮށްފައިވަނީ އެއްވެސް އެންގުމަކާއި، މަޝްވަރާއަކާއި ނުލައި ފޮނުއްވި ސިޓީއަކުން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button