ޚަބަރު

ޓީޖީއެސްޓީ އަދި ޖީއެސްޓީ ބޮޑުކުރުމުގެ ސަބަބުން ސަރުކާރުގެ އާމްދަނީ އިތުރުވެއްޖެ

ހިދުމަތްތަކާއި މުދަލުން ނަގާ ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއެކު ދައުލަތަށް ލިބޭ އާމްދަނީ އިތުރުވާންފަށައިފިކަމަށް، ކޮންމެ ހަފްތާއަކު ފިނޭންސް މިނިސްޓްރީއިން އާންމުކުރާ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

މިއަހަރު ފެށުމާއެކު ރައްޔިތުންނާއި ފަތުރުވެރިންގެ އަތުން، މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް ބޮޑުކޮށްފައިވާއިރު، މިމަހުގެ 2 ވަނަ ދުވަހާ ހަމައަށް، އޭގެ އާމްދަނީގެ ގޮތުގައި ސަރުކާރަށްވަނީ 3.8 ބިލިއަން ރުފިޔާ ލިބިފައެވެ.

2022 ވަނަ އަހަރުގެ އެ މުއްދަތުގެ ތެރޭގައި 2.9 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ 900 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މުދަލާއި ހިދުމަތްތަކުން ނަގާ ޓެކްސް ބޮޑުކުރުމުން ދައުލަތުގެ އާމްދަނީއަށް ޖީއެސްޓީގެ ގޮތުގައި 405 މިލިއަން ރުފިޔާ ލިބިފައިވާއިރު، ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 1.2 ބިލިއަން ރުފިޔާއެވެ. 2022 ވަނަ އަހަރުގެ މި މުއްދަތަށް ބަލާއިރު ޖީއެސްޓީގެ ގޮތުގައި ސަރުކާރަށް ލިބިފައިވަނީ 298 މިލިއަން ރުފިޔާއެވެ. އަދި ޓީޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 781 މިލިއަން ރުފިޔާއެވެ.

މިއަހަރުން ފެށިގެން ޖީއެސްޓީ އަދި ޓީޖީއެސްޓީ ބޮޑުކުރުމާއެކު، ރާއްޖޭގެ ބާޒާރުގައި ތަކެތީގެ އަގުތައްވަނީ އިންތިހާއަށް އުފުލިފައެވެ. އަދި ކުރިއަށް އޮތްތާ އަގުތައް އިތުރަށް އުފުލުމަކީވެސް އެކަށީގެންވާކަމަށްވާއިރު، ޖީއެސްޓީއާއި ޓީޖީއެސްޓީ ގެ ގޮތުގައި ރައްޔިތުންގެ އަތުން އިތުރަށް ނެގުން ފިޔަވައި، މި ސަރުކާރުގެ އާމްދަނީ އިތުރުކުރެވޭނެ އެހެން ކަމެއް ސަރުކާރަށް ކުރެވިފައިނުވެއެވެ. އަދި ދައުލަތުގެ ހަރަދު ކަންބޮޑުވާ ދަރަޖައަށް އުފުލިފައިވެއެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button