
ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލަ އެންމެ ހަރުކަށިކޮށް ކުށްވެރިކޮށް، އެކަމާއި ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ދިވެހި ސަރުކާރަށް ޕީޕީއެމުން ގޮވާލައިފިއެވެ.
ޕީޕީއެމްއިން ވަނީ ސްވިޑެން އިން ގުރުއާން އަންދަން ހުއްދަ ދިނިމުން މުސްލިމުންގެ ހިތްތަކުގައި ނުތަނަވަސްކަން އުފެދި، އެހެން ދީންތަކުގައި މީހުން މެދުގައިވެސް ނަފްރަތާއި ރުޅިވެރިކަން އުފެދި ބޮޑެތި ހަމަނުޖެހުމަކަށް ދިއުމުގެ ފުރުސަތު ތަނަވަސްވެގެން ހިނގައިދާނެ ކަން ފާހަގަ ކޮށްފައެވެ.
ސަރުކާރުގެ ބަސް ދުނިޔެއައް އިއްވައި މިކަމާ އިދިކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނިމަށްވެސް ޕީޕީއެމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
ނޫސް ބަޔާން
ކީރިތި ޤުރުއާން އަންދާލުމުގެ ހުއްދަ ސްވިޑްން ސަރުކާރުން ދިން މައްސަލަ އެންމެ ހަރުކަށިކޮށް ކުށްވެރިކޮށް، އެކަމާއި ދެކޮޅަށް ދިވެހީންގެ އަޑު އުފުލައިދިނުމަށް ދިވެހި ސަރުކާރަށް ގޮވާލަން pic.twitter.com/rTs8vWWNZZ— Progressive Party of Maldives (@ProgressPartyMV) January 22, 2023