ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަން ވާހަކައަކީ އަޅުގަނޑުމެން ގޮވި އެއްޗެއް، ފެންނާކަށް ނެތް: ރައީސް ނަޝީދު

އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި ކޮރަޕްޝަން އޮތްތޯ ނެތްތޯ ބަލަންޖެހޭކަމަށާއި ކޮރަޕްޝަންގެ ދައުވާއެއްނުކުރާކަމާއި، ތަހުގީގުނުކުރާކަމަށާއި އަދި ފެންނާންވެސް ނެތްކަމަށް މަޖިލިސް ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުގެ ކޮރަޕްޝަންގެ ވާހަކައަކީ ހަމައެކަނި އެބޭފުޅުން ގޮވި އެއްޗެއް އެކަނި ކަމަށެވެ.

ރައީސް ނަޝީދު ވަނީ ރައީސް ޔާމީންގެ ސަރުކާރަށް އެމްޑީޕީން ކުރި ތުހުމަތުތަކާ އެއްވަރަށް މިހާރުގެ ކޯލިޝަން ސަރުކާރަށްވެސް ވައްކަމުގެ ތުހުމަތުތައް އޮތް ވާހަކަ ވިދާޅުވެފައެވެ. އަދި ކޮވިޑްގެ ހިތްދަތި ދުވަސްކޮޅު ފުރާނަ ސަލާމަތް ކުރަން ގެންނަން އުޅުނު ވެންޓިލޭޓަރުތަކުގެ ހިޔާނާތް އޮއްބާލަން ގޮތްގޮތް ހެދި ވާހަކަވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަގައިވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މަސްލަހަތު ވާތީ އެކަންވެސް ހުއްޓުވާލިކަމަށް ނަޝީދު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button