ޚަބަރު

މާލޭގެ މަގުމަތީގެ ކަންކަން ބަލަހައްޓަން ”މަގު ފާރަވެރިން“ ނެގުމަށް މާލެ ސިޓީ ކައުންސިލްއިން ނިންމައިފި

މާލެތެރޭގެ މަގުމަތީގެ ކަންކަން ބެލެހެއްޓުމަށް ”މަގު ފާރަވެރިން“ ނެގުމަށް، މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 84 ވަނަ ޖަލްސާއިން ނިންމައިފިއެވެ.

މި މަސައްކަތަށް މުވައްޒަފުން ނަގަންވެސް އެ ކައުންސިލުންވަނީ ނިންމާފައެވެ. މާލޭގެ އެކި އެކި ކަންކަން ބެލެހެއްޓުމުގެ މަގުސަދުގައި، މުޅިން އަލަށް އުފައްދާ މި މަގާމުގައި ވަޒީފާ އަދާކުރާނެ މުވައްޒަފުންގެ ޒިންމާގެ ތެރޭގައި، މާލޭގައި ދުއްވައި އަދި ޕާކްކުރާ އެއްގަމު އުޅަނދުތައް ދުއްވައި ޕާކްކޮށްފައިވަނީ ގަވާއިދާއި އެއްގޮތަށްތޯ ބަލައި، މާލޭގެ މަގުތަކުގައި ބަހައްޓާފައި ހުންނަ ތަކެތީ ހުންނަނީ އާންމުންނަށް އެއްވެސް އުދަނގުލެއްވާފަދަ ގޮތަކަށްތޯ ބަލައި އެކަންކަން ސިޓީ ކައުންސިލަށް ރިޕޯޓުކުރުން ހިމެނެއެވެ.

މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޑރ. މުއިއްޒި ވިދާޅުވީ، މަގު ފާރަވެރިން މަސައްކަތަށް ނުކުތުމުން، މާލޭގެ މަގުތައް ރަނގަޅަށް ބެލެހެއްޓުމަށް މަގުފަހިވެގެންދާނެއެވެ. އަދި މަގުމަތީގެ ކަންކަން، ފުލުހުން ފިޔަވަޅު ނާޅަނީސް ހަމައަކަށް އެޅުވުމުގެ ފުރުސަތު، މަގު ފާރަވެރިންނަށް ލިބިގެންދާނެކަމަށްވެސް މޭޔަރ ފާހަނގަކުރެއްވިއެވެ. 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button