ޚަބަރުސިޔާސީ

ރައީސް ޔާމީނަށް ކޮށްފައިވާ ”ހަރާން“ ހުކުމާ ދެކޮޅަށް އަޑު އުފުލުމަށް ހުކުރު ދުވަހު އިދިކޮޅުގެ ބޮޑު އެއްވުމެއް!

ރައީސް ޔާމިނުގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، އެމަނިކުފާނަށް ކުރި 11 އަހަރުގެ ޖަލު ހުކުމާއި ގުޅިގެން އެކަމުގެ ނުރުހުން ފާޅުކޮށް އިދިކޮޅު، ޕީޕީއެމް/ޕީއެންސީގެ ފަރާތުން، ރައީސް ޔާމީން މިނިވަންކުރުމަށް ގޮވައިލާ، މި ހުކުރުގައި މުޅި ރާއްޖޭގައި އިހްތިޖާޖުކުރުމަށް ނިންމައިފިއެވެ.

އިއްޔެ، އިދިކޮޅު އިއްތިހާދުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ޕީޕީއެމް/ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ، ހުކުރު ދުވަހު ބާއްވާ ހަރަކާތަކީ މުޅި ރާއްޖޭގައި ކުރިއަށްދާނެ ހަރަކާތެއްކަމަށާއި، މި އިހުތިޖާޖު ހުރިހާ ރަށެއްގައިވެސް ހަވީރު 4 ޖަހާއިރު ފަށާނެކަމަށެވެ.

މާލޭގައި އެ އިހްތިޖާޖު ކުރާނެ ސަރަހައްދެއް އަދި ހާމަކޮށްފައިނުވާއިރު، ރައީސް ޔާމިނު މިނިވަންކުރުމަށް ގޮވައިލާ ހަރަކާތުގައި އެމަނިކުފާނަށް ހެޔޮއެދޭ ގިނަ އަދަދެއްގެ މީހުންނާއި އިދިކޮޅު ޕާޓީތައް ހިމެނޭނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދި ރައީސް ޔާމީނުގެ މައްޗަށް ކޮށްފައިވަނީ ”ހަރާމް“ ހުކުމެއްކަމަށާއި، އެމަނިކުފާނު ޖަލުން މިނިވަންވެވަޑައިގަތުމާއެކު، ރާއްޖެ ސަލާމަތްކުރަން ފެށްޓެވި މަސައްކަތްތައް ކާމިޔާބުކުރުމަށް ސާބިތުވެ ތިއްބެވުމަށް، އެ ޕާޓީއަށް ތާއީދުކުރައްވާ އެންމެންގެ ކިބައިން އިލްތިމާސްކުރައްވާފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button