ޚަބަރު

ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމަށް އެދުނުތާ އަހަރެއްވިއިރުވެސް ޖަވާބެއް ނުލިބޭކަމަށް މޭޔަރ މުއިއްޒި ވިދާޅުވެއްޖެ

ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމަށް އެދުނުތާ އަހަރެއް ވީއިރުވެސް ޖަވާބެއް ނުލިބޭ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މޭޔަރ ވިދާޅުވީ އެކަމަށް އެދި މިނިސްޓްރީއަށް ހުށަހެޅިފަހުން އަހަރު ދުވަސް ވެފައިވާއިރުވެސް އެކަމާގުޅިގެން އެ މިނިސްޓްރީއިން އަދިވެސް ޖަވާބެއް ދީފައިނުވާކަމަށެވެ.

މުއިއްޒު މިހެން ވިދާޅުވެފައިވަނީ މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާއެއްގައެވެ. ޖަލްސާގައި މޭޔަރުވަނީ ލޯކަލް އޮތޯރިޓީ ކުންފުންޏެއް ހެދުމަށް ރަށެއްގެ ކައުންސިލަށް ލިބުނު ހުއްދައަކާ ގުޅިގެން އެކަމުގެ އުފާ ފައުޅުކޮށްފައެވެ.

ހަމައެއާއެކު މޭޔަރު ވިދާޅުވެފައިވަނީ މީގެ އަހަރެއްހައި ދުވަސް ކުރިން ލާމަރުކަޒީ ގާނޫނުގެ ދަށުން ލޯކަލް އޮތޯރިޓީ ކުންފުންޏެއް އުފެއްދުމަށް އެދި އިކޮނޮމިކް މިނިސްޓްރީއަށް ހުށަހަޅާފައިވާނެކަމަށާއި، އެކަމަށް އެއްވެސް ޖަވާބެއް މިހާތަނަށްވެސް ލިބިފައިނުވާކަމަށެވެ. އަދި އެފަދަ ކުންފުންޏެއް އުފައްދައިދިނުމަށް އެދި އެންމެ ފުރަތަމަ މިނިސްޓްރީއަށް ހުށަހެޅީވެސް މާލެ ސިޓީ ކައުންސިލުންކަމަށްވެސް މޭޔަރު ފާހަގަކޮށްފައިވެއެވެ.

އެކަމަށް އެދި އެކައުންސިލުން އިކޮނޮމިކް މިނިސްޓްރީއަށް ހުށަހެޅީ މިދިޔަ އަހަރު ސެޕްޓެންބަރު މަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. މޭޔަރުގެ ވާހަކަފުޅުގައި ވިދާޅުވީ، އެ ކުންފުނި އުފައްދައިދިނުމަށް އެދި މިނިސްޓްރީއަށް ހުރިހާ ލިޔެކިޔުންތައް ހުށަހެޅިތާ 8 މަސް ފަހުން، ލޯކަލް އޮތޯރިޓީ ކުންފުނި ރަޖިސްޓްރީކުރުމާ ގުޅޭ ގަވާއިދަށްވެސް ސަރުކާރުންވަނީ އިސްލާހުތަކެއް ގެނެސްފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ލޯކަލް އޮތޯރިޓީ ކުންފުނި އުފެއްދުމަށް އެދި ހުށަހެޅި ކައުންސިލްތަކުގެ ތެރެއިން އެ ހުއްދަ ލިބިފައިވަނީ ހަމައެކަނި އއ ތޮއްޑޫ ކައުންސިލަށެވެ. އަދި މިހާރު އެކުންފުނި ވަނީ ރަޖިސްޓްރީވެސް ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button