ޚަބަރު

ތީމުގެ ކަމުނުދިޔަ ގްރޫޕުގައި އުޅުއްވި ރައީސް ސޯލިހު މި ބައްލަވަނީ އެންމެ އަގުބޮޑު ކާރަށް ސަވާރުވާން: ޝިޔާމް

ތީމުގެ ކަމުނުދިޔަ ގްރޫޕުގައި އުޅުއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްލަވަނީ އެންމެ އަގުބޮޑު ކާރަށް ސަވާރުވާން ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މެންބަރު ޝިޔާމް މިފަދައިން ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ދުއްވަން 7 މިލިއަން ރުފިޔާގެ ކާރެއް ގަންނަން ސަރުކާރުން ނިންމިކަން އޮންލައިން ނޫހެއް ކަމުގައިވާ ”ދިޔަރެސް އިން ރިޕޯޓު ކުރުމާ ގުޅިގެންނެވެ.

ޝިޔާމް ފާހަގަކުރެއްވިގޮތުގައި ގައުމަށް ވާނެ އެއްޗެއް ވިޔަސް ވެރިމީހާ ބައްލަވަނީ އެންމެ އަގުބޮޑު ކާރުކޮޅަށް ސަވާރުވުމަށެވެ. އަދި މިއީ ތީމުގެ ކަމުނުދިޔަ ގުރޫޕް މީހުންކަން ޝިޔާމް ފާހަގަކުރެއްވިއެވެ.

ޝިޔާމް މިހެން ވިދާޅުވެފައިވަނީ އިގްތިސޯދީ ހީނަރުކަމެއްގައި ގައުމު އޮތްކަމަށާއި, ބޭކާރު ހަރަދާއި ސިޔާސީ ކަންކަމުގައި ބޮޑުތަނުން ދައުލަތުން ހަރަދު ކުރަމުންދާތީ ކަމަށް ބުނެ އެތައްބަޔަކު ނުރުހުން ފާޅުކޮށް ބަސްބުނަމުންދިޔަ ދަނޑިވަޅެއްގައެވެ.

އެމްއެންޑީއެފްގެ އޮފިޝަލަކު ދިޔަރެސް އާއި ހިއްސާކޮށްފައިވާ ސިޓީގައި ބުނެފައިފައިވާ ގޮތުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ 5 ޖުލައިގައި ފިނޭންސަށް ފޮނުވި ސިޓީގައި ވަނީ ބެންޒު ކާރު ގަންނަން 3 ފަރާތަކުން ކޯޓޭޝަން ހޯދާފައިވެއެވެ. އަދި އެ ކޯޓޭޝަންތަކުގެ ތެރެއިން، މިނިސްޓްރީން ހުއްދަ ދީފައިވާ ރާއްޖެއިން ބޭރުން ތަކެތި ގެނައުމާއި، ވަގުތުން ލިބޭ ހިދުމަތާއި ތަކެތި ހޯދުމުގައި އަމަލުކުރާ ގޮތުގެ އުސޫލާ އެއް ގޮތްވާ ގޮތުގެ މަތިންނާއި, އަދި މާލިއްޔަތުގެ ގަވާއިދާއި އެއްގޮތްވާ ގޮތުގެ މަތިން އެ ކާރު ހޯދުމުގެ ހުއްދަ ދެއްވަން އެދޭކަމަށް ވެސް މާރިޔާ ވިދާޅުވެފައިވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button