ޚަބަރު

ތޫނު އެއްޗަކުން އަލީ ސޯލިހު އަށް ހަމަލާދީ ޒަހަމް ކޮށްލައިފި

ޖުމުހޫރީ ޕާޓީގެ ތަރުޖަމާނު އަދި ޓެކްނޮލޮޖީ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރ އަލީ ސޯލިހުއަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލައިފިއެވެ.

މި ހަމަލާދީފައިވަނީ ހުޅުމާލެ ނިރޮޅުމަގު ސޮނީހަރޑުވެއަރ ކައިރިން އަލީ ސޯލިހު ދަރިފުޅު ތަނަކަށް ގެންގޮސްފައޮ ނިކުމެގެން ދަނިކޮށް, ސައިކަލެއްގައި ދިޔަ މީހަކު ކަޓަރަކުންނެވެ.

އަލީ ސޯލިހު ވިދާޅުވިގޮތުގައި ހަމަލާ ދީފައިވަނީ ސަރުކާރުގެ މަގާމެއްގައި ހުރި ކަމަށް ބުނެ އަދި ސަރުކާރުގެ މީހެއްކަމުން މަރާލަން ޖެހޭނެ ކަމަށްބުނެއެވެ. އެއަށް ފަހު އެމީހާ ޤުރުއާނުގެ އާޔަތެއްކީ ކަމަށާއި, އާޔަތުގެ މާނަ ނޭނގިއްޖެނަމަ މަރާލާނެކަމަށްބުނެ ކަޓަރުން ހަމަލާދޭންފެށީކަމަށް އަލީ ސޯލިހު ވިދާޅުވިއެވެ. މިމައްސަލަ މިހާރު ފުލުހަށް ރިޕޯޓު ކޮށްފައިވާ ކަމަށް އެއިދާރާއިން މައުލޫމާތުދެއެވެ. އަދި އެބޭފުޅާއަށް ލިބިފައިވާ އަނިޔާތަކަށް ފަރުވާހޯދަމުން އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގައެވެ. ނަމަވެސް އަނިޔާގެ ތަފްސީލް އަދި ހާމަކޮށްފައެއްނުވެއެވެ.

އެނގިފައިވާ ގޮތުގައި އަލީ ސޯލިހަށް މިހަމަލާދީފައިވަނީ މާލޭގެ ސަލްމާން މިސްކިތަށް ހުކުރު ދުވަހެއްގައި ވަދެ، މިންބަރަށް އަރައި ހަޅޭއްލެވި މީހާ އެވެ. އެ މައްސަލައިގައި އޭނާ ހައްޔަރުކޮށް, ދޫކޮށްލައިފައިވަނީ ސިކުނޑީގެ އުނިކަމެއްހުންނަ މީހެއް ކަމަށް ބުނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button