ޚަބަރު

ހިދުމަތަށް އަލަށް ގުޅުނު ފުލުހުންގެ ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފި

ދިވެހި ފުލުހުންގެ ޚިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ފުލުހުންގެ ޚިދުމަތާ އަލަށް ގުޅުނު ފުލުހުން ހުވާކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ފުލުހުންނަށް ހުވާ ލައިދެއްވީ ސިވިލް ކޯޓުގެ ގާޒީ އަލްއުސްތާޛް ފައްޔާޒް ޝާޠިރުއެވެ.

ފުލުހުންނަށް ހުވާލައިދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު ނާފިޒު އާއި އިންސްޕެކްޓަރ އޮފް ޕޮލިސް ޙުސައިން ޝަރީފު ބައިވެރިވެލެއްވިއެވެ.

ހުވާކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ޖުމްލަ 47  ފުލުހުން ހުވާކޮށްފައިވެއެވެ. އޭގެތެރޭގައި ހިމެނެނީ 33 ފިރިހެން ފުލުހުންނާއި 7 އަންހެން ފުލުހުންގެ އިތުރުން ސްޕެޝަލް ކޮންސްޓަބްލަރީގެ ފިރިހެން 7 ފުލުހުންނެވެ.  ފުލުހުން ހުވާކުރުމަށްފަހު ހުވާގެ އިގުރާރުގައި ވަނީ ސޮއިކޮށްފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button