ޚަބަރު

ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުންކުރަން ފަށައިފި

ޑޯގް ސްކޮޑަށް އެންމެ ފަހުން ގެނައި 10 ކުއްތާތައް އޮޕަރޭޝަންތަކުގައި ބޭނުން ކުރަން ފަށައިފިކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވިދާޅުވެއްޖެއެވެ.  

ނުރައްކާތެރި ގޮވާތަކެތި  ދެނެގަތުމަށް އެމެރިކާއިން ހާއްސަކޮށް ތަމްރީންކޮށް މި ކުއްތާތައް ގެނެސްފައިވެއެވެ. މި ކުއްތާތައް ބެލެހެއްޓުމާއި އޮޕަރޭޝަންތަކުގައި ބޭނުންކުރުމަށް އެމެރިކާގައި 10 ފުލުހަކު ތަމްރީންކޮށްފައިވެއެވެ.

ދިވެހި ފުލުހުން މި ކުއްތާތައް އެންމެ ފުރުތަމަ ބޭނުންކޮށްފައިވަނީ ނޮވެމްބަރު މަހު އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ކައުންޓަރޓެރަރިޒަމް އޮޕަރޭޝަނުގައެވެ. މިފަދަ އޮޕަރޭޝަންތަކުގެ އިތުރުން، އިންޓެލިޖެންސް ބައެއް މައުލޫމާތުތަކާ ގުޅިގެން ހިންގާ ތަފާތު އޮޕަރޭޝަންތައް، ކަސްޓަމްސް، މޯލްޑިވްސް ޕޯސްޓް ލިމިޓެޑް، އެއާޕޯޓާއި އެއާޕޯޓު ކާގޯ އޭރިއާ އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ހައި ޕްރޮފައިލް ބޭފުޅުންގެ އިވެންޓްތަކުގައިވެސް ޑޯގް ސްކޮޑް ބޭނުންކުރަމުން ގެންދާކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

ޑޯގް ސްކޮޑަށް އިތުރަށް ގެނައި 10 ކުއްތާއާއެކު ފުލުހުންގެ ޑޯގް ސްކޮޑުގައި މިހާރު ބޭނުން ކުރަމުންގެންދަނީ 25 ކުއްތާއެވެ. ޑޯގް ސްކޮޑް ބޭނުންކޮށްގެން ކާމިޔާބު ތަފާތުއެކި އޮޕަރޭޝަންތައް ފުލުހުން ހިންގާފައިވާކަމަށް ބުނި ނަމަވެސް އެއީ ކޮން އޮޕަރޭޝަންތަކެއްކަމެއް ފުލުހުން ހާމަކޮށްފައިނުވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button