ޚަބަރުސިޔާސީ

77 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމާއެކު 11 އަހަރަށް ރައީސް ޔާމީން ޖަލަށް ލާން ހުކުމް ކޮށްފި!

ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ގެ ދައުވާ ސާބިތުވެ އިދިކޮޅު ރިޔާސީ ކެނޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މަނީ ލޯންޑްރިން މައްސަލައިގައި ކްރިމިނަލް ކޯޓުން އިއްވާފައިވާ ހުކުމުގައި ރައީސް ޔާމީންގެ މައްޗަށް ފަސް މިލިއަން ޑޮލަރު, ދިވެހި ރުފިޔާއިން ނަމަ 77 މިލިއަން, ޖޫރިމަނާކުރުމާއި އެކު 7 އަހަރު ދުވަހަށް ޖަލަށް ލުމަށާއި، ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

މި ހުކުމް ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވަނީ ރިޝްވަތު ގަބޫލު ކުރުމުގެ ކުށުގެ އެއް ދަރަޖަ ދައުލަތުގެ ފަރާތުން އެދުމުގެ މަތިން މަތި ކުރުމަށް ފަހުގައެވެ.

ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ރައީސް ޔާމީން މައްޗަށް ސާބިތުވާކަމަށް ކަނޑައަޅާފައިވާއިރު, އެ މައްސަލއިގެ ހުކުމް އިއްވަމުން އިސް ގާޒީ ވިދާޅުވެފައިވަނީ ޗެކު ބަލައިގަތުމާއި ޗެކު ދޫކުރިކަން މައްސަލާގައި ހުށަހަޅާފައިވާ ޗެކާއި ބޭންކު ސްޓޭޓްމެންޓްތަކުން ސާބިތުވާކަމަށެވެ.

އެހެންނަމަވެސް, ރައީސް ޔާމިން ގެ ފަރާތުން އެ ފައިސާ އާއި ގުޅޭ ގޮތުން ކޯޓަށް ހުށަހެޅި ދިފާއީ ހެކިންނާއި ހެކިތަކާ ގުޅޭ ގޮތުން ގާޒީގެ ހުކުމުގައި އެއްވެސް ވާހަކަ އެއް ދައްކާފައި ނުވެއެވެ.

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button